Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

މަރަދޫ ކޮންކޯޑަށް އެއް ދުވަހުން 1.5 މިލިއަން ރުފިޔާ

މަސް ކިރައިގެން އެއް ދުވަހުން އައްޑޫ މަރަދޫ ކޮންކޯޑު ދޯނިން 1.5 މިލިއަން ރުފިޔާ ހޯދައިފި އެވެ.

މިއީ ރާއްޖޭގެ ތަރީހުގައިވެސް މަސް ކިރުވައިގެން ދޯންޏަކުން އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ. މަރަދޫ ކޮންކޯޑު ދޯންނިން ބުރާސްފަތި ދުވަހު ވަނީ މިފްކޯ ކުއްޑޫ ބަނދަރަށް 60،005 ކިލޯ ނުވަތަ 60 ޓަނުގެ މަސް ކިރާފައެވެ. މީގެ ކުރިން މިއަހަރު މާރިޗު މަހު އެ ދޯނިން ވަނީ 62 ޓަނުގެ މަސް ކިރައި ދޮޝީ މަސްވެރިކަމުގެ ރެކޯޑެއް ވެސް ޤާއިމް ކޮށްފައެވެ.


މިފްކޯއިން މަސް ގަންނަ އަގަށް ދާދި ފަހުން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން 17ރ. އިން 25ރ. އަށް މަސް ކިލޯއެއް މިފްކޯއިން ވަނީ ބަދަލުކޮށްފައެވެ. މިއާއެކު މިފަހަރު ކިރުވި މަހަށް މުޅި ޖުމްލަ 1،500،125ރ. ކޮންކޯޑު ދޯނި ވަނީ ހޯދާފައެވެ.

މީގެ ކުރިން 62 ޓަނުގެ މަސް ކިރައިންގެ ކޮންކޯޑު ދޯންޏަށް މިދިޔަ މާރިޗު މަހު ލިބިފައިވަނީ، އޭރުގެ ރޭޓުން 1.06 މިލިއަން ރުފިޔާއެވެ. އެފަހަރު ކޮންކޯޑު ދޯނި ވަނީ އެއްދުވަހުން އެންމެ ގިނަ ކަނޑު މަސް ބޭނުމުގެ ރެކޯޑު ޤާއިމްކޮށްފައެވެ.