އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތ. ގުރައިދުއަށްކަން ހާމަކުރައްވައިފިއެވެ.
ރޭ "ވަގުތު ޓީވީ" ގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ކެމްޕޭނަށް ވަޑައިގެންނެވި ރަށްރަށުގެ ސަޕޯޓަރުން އެދިވަޑަިއގަތީ އިންތިހާބު ކާމިޔާބު ވުމުން ފުރަތަމަ ކުރައްވާ ދަތުރުގައި އެ ރަށަކަށް ވަޑައިގަތުމަށް ކަމަށެވެ. އެހެންނަމަވެސް އެއްފަހަރާ ހުރިހާ ރަށަކަށް ނުދެވޭނެތީ އެކަމުގައި ލީޑާޝިޕްގެ ތެރޭގައި މަޝްވަރާ ކުރެއްވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މަޝްވަރާ ކުރުމުން ލިބުނު ޚިޔާލަކީ އިންސައްތަ އެންމެ މަތިން ހޯދާ ރަށަކަށް ދިއުންކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެގޮތުން ބަލާއިރު ދެވަނަ ބުރުގައި ތ. ގުރައިދޫއިން އެންމެ މަތީ އިންސައްތައެއް ހޯދީ. ދެން ވަރަށް ގާތުން ނަތީޖާ ހޯއްދަވާފައި އެބަހުރި ބައެއް އެހެން ރަށްރަށުންވެސް." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވީހާވެސް އަވަހަކަށް އެ ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.
ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައިސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 109،868 ވޯޓެވެ. އަދި ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 129،159 ވޯޓާއެކުއެވެ.