އަލަށް އުފެދޭ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ސައޫދީ އަރަބިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމަ އަށް އޮންނާނެކަމުެ ޔަގީންކަން އެ ގައުމުން ދީފި އެވެ.
މިކަން ޔަގިންކަން ސައުދީން ދިނީ ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރެކް ބިން އަބްދުﷲ އަލްޢަޖާލީން އަލްދައުސަރީއާ މިއަދު މުއިއްޒާ އެކީ ބޭއްވި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުން އޮތީ މުއިއްޒޖުގެ ގެ ދިމްޔާތުގަ އެވެ. ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ސައުދީއާ އެކު އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެ އަކީ ސައުދީ ފަދައިން އިސްލާމީ ގައުމަކަށްވާތީ އަރަބި އިސްލާމީ ގައުމުތަކާ އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހިކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސަފީރާ އެކީ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ ސައުދީގެ އަމާއެކު ރާއްޖޭގައި މިހާތަނަށް އެކި މަޝްރޫއުތައް ހިންގާފައިވާ ކަމާއި އަދި މިހާރު ވެސް ކުރިޔަށްދާ މަޝްރޫއުތަކަށްޓަކައި ޝުކުރުއަދާ ކުރައްވައިފަ އެވެ. އަދި އަލަށް އުފެދޭ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ދޭން ކުރަން ޖެހޭ މަސައްކަތްތަކަށް، ސައުދީގެ އެހީތެރިކަމާއި ބައިވެރިވުމަށް ވަރަށް ބޮޑަށް ބޭނުންވާ ޖަމަށް ވިދާޅުވި އެވެ. މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
ސަޢުދީ ސަފީރު ވަނީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި، ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މުއިއްޒަށް ދެއްވައިފަ އެވެ.