ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ލިބުނު 300 އަށް ވުރެ ގިނަ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ދިން ސްކޮލަޝިޕްތަކުގެ ދަށުން ކިޔަވަން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ކޮމްޕިއުޓަ ސައިންސާއި ބިޒްނަސް މެނޭޖްމެންޓާއި އިކޮނޮމިކާއި އެގްރިކަލްޗާގެ ދާއިރާގެ އިތުރުން އިސްލާމް އަދި އަރަބި ބަހާއި އިންޖިނިއައަފިން ކޯސްތަކާއި ޕޮލިޓިކަލް ސައިންސާއި މީޑިއާގެ އިތުރުން ގާނޫނީ ދާއިރާ ހިމެނެއެ ވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލާޝިފްތަކަށް ޝައުގުވެރިވާ މީހުން އެޕްލައި ކުރުމުގެ ފުރުސަތު މިހާރު އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މި ސްކޮލަޝިޕްތަކަށް ހޮވޭ މީހުން ކިޔަވަން ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލު ކުރާ އިންސްޓިއުޓެއްތޯ އާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.
ސައުދީގެ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން މި އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވައިލި އެވެ.