ކ. ގުރައިދޫގައި އިސްލާމިކް ލައިބްރަރީއެއް ހަދަން އެ ރަށު ކައުންސިލުން ނިންމައި އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަފާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ އިސްލާމިކް ލައިބްރަރީ ހަދަން ބޭނުން ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ.
އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މި މަސައްކަތްތަކޮށް ދޭން ބޭނުންވާ ނަމަ މި މަހުގެ 19 ގެ މެންދުރު ފަހު 1:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރޭޝަނަށް 150ރ. ގެ ފީއެއް ވެސް ދައްކަން ޖެހެ އެވެ.
ރަޖިސްޓްރީ ވާނީ ކުންފުނީ/ޕާޓްނާޝިޕް/ފަރުދުންގެ ވިޔަފާރި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ނަމާއި ރަޖިސްޓްރީ ނަމްބަރާއި އީމެއިލް އެޑްރެސްގެ އިތުރުން ގުޅޭނެ މޯބައިލް ނަމްބަރު މި މެއިލަށް procurement@guraidhoo.gov.mv ފޮނުވައިގެންނެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6640072 އިން ހޯދޭނެ އެވެ.