ޓީޗިން ލައިންސަންސަށް އެދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ސަރުކާރުގެ ސްކޫލްތަކާއި ކިޔަވައިދޭ އެ ނޫން ތަންތަނުގައި ޓީޗަރުންގެގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ "މުދައްރިސްކަމުގެ ލައިސަންސް" އަށް މިހާރު ވަން ގަން ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށެވެ.
މިކަމަށް ހުޅުވައިލި އިރު ސަރުކާރުގެ ސްކޫލްތަކުގައި މިހާރު ކިޔަވައި ދެމުން އަންނަ ޓީޗަރުން ލައިސެންސަށް އެދި ހުށަހަޅަން ޖެހޭ ތާވަލެއް މިނިސްޓްރީން އާންމުކޮށްފައިވެ އެވެ. އެގޮތުން ސްކޫލްތަކުގެ ޓީޗަރުންނަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 12 އިން ފެށިގެން ޑިސެމްބަރު 6 އާ ހަމައަށެވެ.
މީގެ އިތުރުން ޤުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތަކާއި މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ އެހެން ތަންތަނާއި ލައިންސަން ހޯދަން ބޭނުންވާ އެހެން ފަރާތްތަކަށް ލައިސަންސަށް އެޕްލައިކުރުމުހެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިސެމްބަރު 6-10 އަށެވެ.
ވަން ގަވް މެދުވެރިކޮށް ޓީޗިން ލައިންސަންސަށް އެޕްލައިކުރެވޭ ގޮތް އިންތިޒާމު ހަމަޖެއްސީ މި ހަފުތާގެ ތެރޭގަ އެވެ.
ލައިސަންސުތަކަށް އެދޭ އިރު، ހާސިލްކޮށްފައިވާ ސަނަދުތައް ޓްރާންސްކްރިޕްޓްތަކާއި ކުށުގެ ރެކޯޑާއި ޕޮލިސް ރިޕޯޓާއި ކިޔަވައިދިނުމުގެ ތަޖުރިބާއާއި ތައުލީމީ ދާއިރާއިން ހޯދާފައިވާ ތަޖުރިބާ އަންގައިދޭ ލިޔުންތައް ހުށަހަަޅަން ޖެހޭނެ އެވެ.
އެގޮތުން ވަން ގަވް އިން އެޕްލައި ކުރުމުން ދާއިމީ ލައިސެންސް ފީގެ ގޮތުގައި ނަގާ 400ރ. އަދި ކިޔަވައި ދިނުމުގެ ވަގުތީ ލައިސަންސާއި ޕްރޮވިޝަނަލް ޓީޗިން ލައިސަންސްގެ ގޮތުގައި 200ރ. އަށް ފައިސާ ދެއްކުމަށް އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް ނޮޓިފިކޭޝަނެއް ލިބޭނެ އެވެ. އަދި ފައިސާ ދެއްކުމުން އީމެއިލް މެދުވެރިކޮށް ލައިސަންސް ލިބޭނެ އެވެ.