ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ފަރާތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހު ބާއްވާ "ޕިންކް ރިބަން ރަން ވޯކް" މިމަހުގެ 14 ވާ ހޮނިހިރު ދުވަހު ބާއްވާނެ ކަން ހާމަކޮށްފިއެވެ.
ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ބާއްވާ މި ހަރަކާތް ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ. މި ހަރަކާތް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
Purchase a Pink Ribbon Run/Walk BIb and join us on the 14th of October at Central Park, Hulhumale. #BreastCancerAwareness #PinkRibbonRun2023 pic.twitter.com/kueGnr6Pt9
— Cancer Society of Maldives (@CancerSocietyMV) October 3, 2023
ދުވުމުގައި ބޭނުންކުރާ ބިބް މާލޭން ލިބެން ހުންނާނީ ސޮނީ ސްޕޯރޓްސް ލައިފް ސްޓައިލް (މަޖީދީމަގު)، ހަމީދިއްޔާ (ބޮޑުތަކުރުފާނު މަގު)، ސޮނީ ސްޕޯރޓްސް އައުޓްލެޓް ސްޓޯރ (ހުޅުމާލެ) އިންނެވެ. އަދި މި ހަރަކާތް އޮންނަ ރަށްތަކުން ވެސް ބިބް ގަންނަން ލިބެން ހުންނާނެ ކަމަށް ހަރަކާތް އިންތިޒާމު ކުރާ ކެންސަރ ސޮސައިޓީން ބުނެއެވެ.
ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން ވޯކް" ބޭއްވުމަށާއި އަދި ކެންސަރ ސްކްރީނިންގ ފަދަ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.