އައްޑޫ މަރަދޫގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ބީޗްގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
މި މަސައްކަތް ފުރަތަމަ ބީލަމަށްލީ މިދިޔަ ޖުލައި މަހުގެ މެދު ތެރޭގަ އެވެ. އެކަން ކެންސަލް ކުރުމަށް ފަހު، އަލުން ހުޅުވާލި އިރު، ބީޗް ތަރައްގީކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ބީލަމުގައި ވައިވެރިވާން މި މަހުގެ 15-19 އަށް ރަޖިސްޓްރީވެވޭނެ އެވެ.
ކައުންސިލުން ބުނި ގޮތުގައި ބީޗް ތަރައްގީކޮށް ދޭން ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކުދި އަދި މެދު ވިޔަފާރީގެ ގޮތުގައި ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
މަރަދޫގައި ބީޗެއް ހަދަން ނިންމި އިރު، އެ އަވަށުން ދާދި ފަހުން ބިން ވެސް ހިއްކާފައިވެ އެވެ.