ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުންނާއި އެކު މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) ޕޯޓް އޯޕަން ޑޭއި ބާއްވައިފިއެވެ.
އެމްޕީއެލްގެ ޕޯޓް އޯޕަންޑޭއަކީ، އެކުންފުނީގައި އޮތް މަސައްކަތުގެ ދާއިރާ ދަރިވަރުންނާއި ހިއްސާކޮށް، ދަރިވަރުންގެ ޝައުޤުވެރިކަން އިތުރު ކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. މީގެ އިތުރުން ކުންފުނީގެ ސްޓޭކް ހޯލްޑަރުންނާއި އޮތް ގުޅުން ވަރުގަދަ ކުރުމަކީވެސް ހަރަކާތުގެ އެއް މަޤްޞަދު ކަމުގައި އެމްޕީއެލްއިން ފާހަގަ ކުރެއެވެ.
މި ހަރަކާތުގައި ބައިވެރިވެވައިވަނީ އުމުރުން 13 އަރަހާއި 18 އަހަރާއި ދެމެދު އުމުރުފުރާތަކުގެ ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ 5 ސްކޫލަކާއި، އަތޮޅުތެރޭގެ 4 ސްކޫލެއްގެ ދަރިވަރުންނެވެ. މި ހަރަކާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ދަރިވަރަކަށް އެމްޕީއެލްގެ ފަރާތުން ލެޕްޓޮޕެއްވެސް ހަދިޔާ ކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އޯޕަންޑޭގައި ބައިވެރިވި ސްކޫލްތަކަކީ؛
- ހުރަވީ ސްކޫލް
- އިމާދުއްދީން ސްކޫލް
- ކަލާފާނު ސްކޫލް
- ތާޖުއްދީން ސްކޫލް
- ހުޅުމާލެ ސަލާހުއްދީން ސްކޫލް
- ހުވަދޫ ސްކޫލް
- ބ.އަތޮޅު ތަޢުލީމީ މަރުކަޒު
- ނ. ހެނބަދޫ ސްކޫލް
- ރ. އިނގުރައިދޫ ސްކޫލް
We are so grateful to have had the opportunity to welcome over 100 students to Maldives Ports Limited today and give them an insight into the maritime industry.
We hope to have inspired the next generation of maritime leaders and look forward to seeing how they take this… pic.twitter.com/gxvnResmrH
— Maldives Ports Limited (@Portmv) October 14, 2023
މި ހަރަކާތުގައި ހިމެނޭ ސެޝަންތައް ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ސްކޫލުތަކުގެ ދަރިވަރުންނަށް ޕޯޓުގެ އެކި ދާއިރާތަކުގެ މައުލޫމާތު ހިއްސާކުރުމާއިއެކު ޕޯޓުގެ މަސައްކަތް ބަލާލުމަށް މާލެ ވިޔަފާރި ބަނދަރަށް ވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު ސޭފްޓީ އެންޑް ސެކިއުރިޓީ ޑްރިލްއަކާއި ޕޯޓުގައި ބޭނުން ކުރާ މެޝިންތައް ބޭނުން ކުރާ ގޮތް ދަރިވަރުންނަށް ވަނީ ކިޔައިދީފައެވެ. މާލެ ވިޔަފާރި ބަނދަރުގެ އިތުރުން ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލަށް ދަރިވަރުން ވަނީ ޒިޔާރަތްކޮށްފައެވެ.
އެކުންފުނިން ވަނީ މިއަދު ބޭއްވި ސެޝަންތަކުގެ ސަބަބުން އައު ޖީލުގެ މެރިޓައިމް ލީޑަރުން އުފެދިންގެ އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.