Last Updated: November 26, 09:26
Tuesday, November 26, 2024
މުނިފޫހިފިލުވުން

ކަޕިލް ފިލްމުގެ ޝޫޓިން ނިންމާލައިފި

މީހުން ހެއްވާލުމުގައި އެފަދަ ދެވަނައެއް ނެތް އަދި ކަލާޒް ޗެނަލުން ގެނެސްދޭ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" ގެ ހޯސްޓް ކަޕިލް ޝަރްމާގެ ފުރަތަމަ ބޮލީވުޑްގެ ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.

އޭނާ ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފިލްމަކީ ސަސްޕެންސް ތްރިލާތައް އުފެއްދުމަށް މަޝްހޫރު ދެބޭން ކަމަށްވާ އައްބަސް-މަސްތާންގެ "ކިސް ކިސްކޯ ޕްރިޔާރް ކަރޫ" އެވެ. މިއީ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ ލޯބީގެ ފިލްމެކެވެ.

މިއީ 2013 ވަނަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި "ރޭސް 2" އަށް ފަހު އައްބާސް-މަސްތާން ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

ފިލްމުގެ ޝޫޓިން ނިންމާލައިފައި މި ވަނީ އެ މީހުންގެ ކުރީގެ ފިލްމްތަކާ ހިލާފަށް ރެކޯޑް މުއްދަތެއްގެ ތެރޭގަ އެވެ. އެއީ ދެ މަސް ދުވަހެވެ.

HJKJHK (3)

"ކިސް ކިސްކޯ ޕިޔާރް ކަރޫ" ގައި ކަޕިލް އާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ "މިކީ ވައިރަސް" ގެ ބަތަލާ އެލީ އަވްރާމް އާއި މަންޖާރީ ފަޑްނިސް އެވެ.

HJKJHK (2)

އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި އިމްރާން ހާންގެ ފުރަތަމަ ފިލްމް "ޖާނޭ ތޫ ޔާ ޖާނޭ ނާ" އާއި "ގްރޭންޑް މަސްތީ" ހިމެނެ އެވެ.

އަރްބާޒް ހާން ވެސް ހާއްސަ ފެނިލުމަކުން ފެންނަ ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު މިހާރު ކުރިއަށް ގެންދަނީ "ކިސް ކިސްކޯ ޕިޔާރް ކަރޫ" ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތެވެ.

އެހެން ނަމަވެސް މި ފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސްޓެންޑް އަޕް ކޮމެޑިއަންގެ ގޮތުގައި މަޝްހޫރު ކަޕިލް އަށް އެންމެ ފުރަތަމަ ފިލްމެއް އޮފާ ކުރީ ބޮލީވުޑްގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިންނެވެ.

އެގޮތުން އެ ކުންފުނީގެ "ބޭންކް ޗޯރް" އަށް އޭނާ ސޮއި ވެސް ކުރި އެވެ. އެކަމަކު ދެ ފަރާތުގެ މެދުގައި އުފެދުނި ބައެއް ހިޔާލު ތަފާވުންތަކާ ގުޅިގެން އެ ފިލްމް ނުކުޅެން ކަޕިލް ވަނީ ނިންމައިފަ އެވެ.

"ބޭންކް ޗޯރް" އިން ކަޕިލް ވަކިވުމުން އެ ފިލްމުގައި އޭނާ ކުޅެން ހަމަޖެހުނު ރޯލް މިހާރު ކުޅެނީ ރިތޭޝް ދޭޝްމުކް އެވެ.