ރާއްޖޭގައި ބާއްވާ ފުރަތަމަ އޯޝަން ހެކަތަން ފަށައިފި އެވެ.
"މޯލްޑިވްސް އޯޝަން ހެކަތަން 2023" އަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ މައްސަލަތަކަށް އޮތް ޙައްލު ދެނެގަތުމަށްޓަކައި ކުރިއަށްގެން ދާ ހަރަކާތެކެވެ.
ކްރޮސް ރޯޑްގައި ބޭއްވި ރަސްމިއްޔާތެއްގައި ހެކަތަން ފެށުމުގެ ރަސްމިއްޔާތު އިއްޔެ ޝަރަފުވެރިކޮށް ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.
ޖުމްލަ 10 ޓީމަކުން ބައިވެރިވާ "މޯލްޑިވްސް އޯޝަން ހެކަތަން 2023" ގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމަށާއި، ސިޔާސަތުތައް ތަންފީޒްކުރާ ފަރާތްތަކަށް އެ ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ ޑޭޓާ ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ތަފާތު ހިޔާލުތައް ހުށަހަޅާނެ އެވެ. މި ހެކަތޯންގައި ރާއްޖޭން ނުވަ ހިޔާލެއް ހުށައަޅާފައިވާ އިރު މެލޭޝިޔާގެ އޭޝިއާ ޕެސިފިކް ޔުނިވަސިޓީގެ ފަރާތުން ވެސް ހިޔާލެއް ހުށަހަޅާފައިވެ އެވެ.
🚀 Let the innovation begin! The 2023 Maldives Ocean Hackathon is now in full swing at Crossroads Maldives, Get ready to explore the limitless potential of the ocean! #MvOceanHack pic.twitter.com/i9UivkYoxg
— Maldives Ocean Hackathon (@mvoceanhack) October 15, 2023
ރާއްޖެ އިން ހުށައެޅި ހިޔާލުތަކުގެ ތެރޭގައި އެންމެ ފަހުގެ ޑޭޓާ ލިބިގަތުމަށް ބޭނުންވާ ޕްލެޓްފޯމެއް ހެދުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމާއި، ގޮނޑުދޮށްތަކަށް ދިމާވާ މައްސަލަތަށް ރިޕޯޓުކުރުން ހިމެނެ އެވެ. މީގެ އިތުރުން
ކާރިސާއެއް ދިމާވެދާނެ ކަމަށް ލަފާކުރެވޭ ހާލަތްތަކުގައި އެކަމެއް ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ ޕްލެޓްފޯމެއް ހެދުމާއި، ސެޓަލައިޓް އަދި ޑްރޯން މެދުވެރިކޮށް ރަށްގިރާފައި ހުންނަ މިންވަރު ވަގުތުން ދައްކާލެވޭނެ ގޮތެއް ހޯދައިދި ނުމާއި، ގޮނޑުދޮށްތަކުގެ ޑޭޓާގެ އިތުރުން ކަނޑުގެ ތަޣައްޔަރުކަން ކުޑަކުރުމަށް ހައްލެއް ހޯދައި ދިނުން ފަދަ ހިޔާލުތައް ވެސް ހިމެނެއެވެ.
"މޯލްޑިވްސް އޯޝަން ހެކަތަން 2023" އަކަި ތިން ދުވަހަށް ބަހައިލައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. ހެކަތަން ކުރިއަށް ދާނީ މާދަމާ ހަމައަށް ކްރޮސް ރޯޑްސް މޯލްޑިވްސްގަ އެވެ.
ދިހަ ޓީމަކުން ބައިވެރިވާ މި ހެކަތަންގެ އެއް ވަނަ އަށް 10،000 ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވެ އެވެ.