ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެއެސް) ގެ ފުރަތަމަ ފިއުލް ފާމް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވައިފި އެވެ.
މިއީ އެއްފަހަރާ ހަތަރު ލައްކަ ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ތަނެކެވެ. އައިއޭއެސް އިން ބުނީ އެ ފިއުލް ފާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފައިނޭންސްކޮށްގެން ގާއިމުކުރި ތަނެއް ކަމަށެވެ.
އެތަން ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތެެއްގައި ފިއުލް ފާމް ހުޅުވައިދެއްވީ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދާއި އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ.
މިހާދު ވިދާޅުވީ ފިއުލް ފާމާއެކު މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ވާނީ ރާއްޖޭގެ މުހިންމު ހަބަކަށް ކަމަށާއި އޭގެ ސަބަބުން މި ސަރަހައްދުގެ އިގުތިސާދަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ފިއުލް ފާމާ އެކީ ބޭރުގެ އެއާލައިންތަކަށް މާފަރު އެއާޕޯޓަށް ޑައިރެކްޓް ދަތުރުތައް ކުރުމުގެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
މާފަރުގެ ފިއުލް ފާމުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ޑޮމެސްޓިކް 4-5 ފްލައިޓަށް އަދި އިންޓަނޭޝަ އެންމެ ފަހުގެ ޓެކްނޮލޮޖީގެ މެޝިނަރީ ވެސް އެތަނުގައި ހުންނާނެ ކަމަށް އައިއޭސް އިން ބުންޏެވެ.