Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

ހިދުމަތުން ޕަލަސްތީނަށް އެހީވާން ހުޅުވާލައިފި

ފުވައްމުލަކުގެ ޖަމިއްޔާއެއް ކަމަށްވާ ހިދުމަތުން ފަލަސްތީނަށް އެހީވާން ހުޅުވާލައިފި އެވެ.

އެ ޖަމިއްޔާ އިން ބުނީ ފަންޑް އެއްކުރަން ކުރާ މަސައްކަތްތަކުގައި ބައިވެރިވާން ރާއްޖޭގެ އެހެން ޖަމިއްޔާތަކާއި ކައުންސިލްތަކަށް ވެސް ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ކުރިއަށް ގެންދާ ފަންޑް ރެއިޒިން ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ނަމަ އެތަނުގެ ހޮޓްލައިން 7353339 އަށް ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެ އެވެ.

ހިދުމަތުން ވަނީ ފައިސާ ޖަމާކުރުމުގެ ފުރުސަތު ރުފިޔާ އަދި ޑޮލަރު އެކައުންޓުން ވެސް ފަހިކޮށް ދީފަ އެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގައި ހުޅުވާފައިވާ ހިދުމަތުގެ ރުފިޔާ އެކައުންޓް ނަމްބަރަކީ 7770000141499 އަދި ޑޮލަރު- އެކައުންޓް ނަމްބަރަކީ 7770000129942 މި އެވެ.

ހިދުމަތް ޖަމިއްޔާ އިން ބުނި ގޮތުގައި ފަލަސްތީނުގެ ރިލީފް ފަންޑަށް މިހާތަނަށް މިލިއަނެއްހާ ރުފިޔާ ލިބިފައިވެ އެވެ.

ފަލަސްތީނަށް އެހީވާން ރާއްޖޭގައި މިހާރު ވެސް ދެ ފަންޑެއް ހުޅުވާފައިވެ އެވެ. އެއީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން އައިއޭސީ) އާއުި ދިވެހި ރެޑް ކްރެސެންޓްގެ ފަންޑެވެ. ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ ޓެލެތޯނުން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

ހަމާސް ޖަމާއަތުން މި މަހުގެ 7 ގައި އިޒްރޭލަށް ދިން ހަމަލާތަކަކާ ގުޅިގެން، އިޒްރޭލުން މިހާރު ދަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި އެތައް ޖަރީމަތަކެއް ހިންގަމުންނެވެ. މިކަމުގައި މިހާތަނަށް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެގެން ގޮސްފައިވާ އިރު، އެ ގައުމު މިހާރު އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.