Last Updated: November 29, 17:51
Friday, November 29, 2024
ޚަބަރު

އަމީނިއްޔާގެ ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރަނީ

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް ސްކޫލް ކަމަށްވާ އަމީނިއްޔާގެ ކިޔެވުން އަންނަ އަހަރު އެއް ދަންފަޅި އަށް ބަދަލުކުރަން ނިންމައިފި އެވެ.

މިގޮތަށް ނިންމީ އެ ސްކޫލް ކައިރީގައި ކުރިން ހިންގަމުން އައިސީއެޗްސީ މިހާރު ހުޅުމާލޭގައި ހިންގާތީ، މާލޭގެ އިމާރާތް އަމީނިއްޔާ ދޭން ނިންމުމާ ގުޅިގެންނެވެ. އަމީނިއްޔާ އަކީ މިހާރު 2،500 އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ދެ ދަންފަޅިއަށް ކިޔަވަމުން އަންނަ ސްކޫލެކެވެ. މިހާރު ކިޔަވަމުން ގެންދެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިއަކާ ހަވާލާދެއްވައި ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެއް ދަންފަޅިއަށް އަމީނިއްޔާގެ ކިޔެވުން ބަދަލުކުރާނީ ދެވަނަ ޓާމުން ފެށިގެންނެވެ. އޭގެ ކުރިން އެ އިމާރާތުގެ ބޮޑު މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާނެއެވެ.

އަމީނިއްޔާ ސްކޫލުން ބުނީ އެއް ދަންފަޅި އަށް ބަދަލުވުމަކީ އުންމީދެއް ވެސް ކަމަށާއި އަންނަ އަހަރު ގެންނަ އެ ބަދަލާ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަމީނިއްޔާ އަކީ ކުރިން ހަމައެކަނި އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ވިޔަސް އެތަނުގައި މިހާރު ކިޔަވައި ދެނީ ދެ ޖިންސު މަސްހުނިކޮށެވެ.

މާލޭގައި މިހާރު އެއް ދަންފަޅިއަށް ކިޔަވައި ދެނީ ދެ ސްކޫލެއްގަ އެވެ. އެއީ އިއްޒުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ.