މިއަދު ހަވީރު މަރަދޫ ލިންކް ރޯޑްގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއްގައި ހިނގައި އެވެ.
މަރަދޫ ސްލިޕްވޭ އާ ދިމާލުގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ދުއްވަން އިން ފޭދޫ އިތާމުތްގޭ ހަސަންދީދީއަށެވެ.
އެހެން ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފުސީލެއް ލިބޭ ގޮތެއް އަފި ނުވެ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އެއްކޮޅަކަށް ދުއްވާފައި ދިޔަ ކާރާއި ސައިކަލް އެކްސިޑެންޓްވީ ސައިކަލް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގަ އެވެ.
މި ހާދިސާގައި ކާރުގެ ވާތް ފަރާތު ކުރީކޮޅަށް ގެއްލުންތަކެއް ލިބިފައިވެ އެވެ. އެ ކާރަކީ ހިތަދޫ ކާރެކެވެ.
މި ހާދިސާގައި ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުންތަައް ލިބިފައިވެ އެވެ.