Last Updated: November 27, 01:11
Tuesday, November 26, 2024
ކުޅިވަރު

ފޭދޫ ދަނޑުގައި ލައިޓް ޖެހުން ކުރިއަށް

ފޭދޫ ދަނޑުގައި ލައިޓް ހަރު ކުރާ ބުޑްތައް އަޅަނީ. ފޮޓޯ/ އައްޑޫ ލައިވް

ފޭދޫ ރަސްމީ ބޯޅަދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓާލަން ޖެހުނު ނަމަވެސް އެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ގެންދަން ފަށައިފި އެވެ.

އެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައި ވަނީ ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ސަދަން މޯލްޑިވްސް ކޮންޓްރެކްޓިން އެންޑް ޓްރޭޑިން އާ އެވެ.

އެ ކުންފުނީގެ ފަރާތުން މިހާރު އަންނީ ލައިޓް ޕޯސްޓްތައް ހަރު ކުރާ ކޮންކްރިޓް ބުޑުތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

HKHK (1)

ސަދަން މޯލްޑިވްސްގެ އޮފިޝަލަކު އިއްޔެ "އައްޑޫ ލައިވް" އަށް ވިދާޅުވީ ބުޑްތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި ލެވޭނެ ކަމަށެވެ. މިއަދު ކުރިއަށް ގެންދަނީ އެންމެ ފަހު ބުޑުގެ މަސައްކަތެވެ.

ދަނޑުގައި ހަރު ކުރަން ހަމަޖެހިފައި ވަނީ ހަތަރު ލައިޓެވެ.

މި މަސައްކަތ އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

އެހެން ނަމަވެސް ލައިޓް ޖެހުމުގެ މަސައްކަތް ފެށިތަނާ، ލައިޓް ޕޯސްޓްތައް އެލޮކޭޓްކޮށްފައި ހުރި ދިމާތަައް ކަމުނުގޮސްގެން ޒުވާންތަކެއްގެ މެދުގައި ހިޔާލު ތަފާވުވެގެން މަސައްކަތް ޖެހުނީ ހުއްޓައިލާށެވެ.

HKHK (2)

އެކަމާ ގުޅިގެން ފޭދޫގެ ޖަމިއްޔާތަކެއް ކައުންސިލާ ބައްދަލުކޮށް، ލައިޓް ޖަހަން އެ މީހުންނަށް ފެންނަ ގޮތް ކައުންސިލަށް ކުރެހުމަކާ އެކު ހުށަހެޅި އެވެ.

އެ ހަތަރު ޖަމިއްޔާއަކީ ފޭދޫ ސިފަ ޖަމިއްޔާ އާއި ދި ފޭދޫގެ އިތުރުން ފޭދޫ ޔޫތު ކޮމިއުނިޓީ (އެފްވައިސީ) އާއި އެސްޑީއައި އެވެ.

މިހާރު ލައިޓް ޖަހަނީ ރަށުގެ ޒުވާނުން ބޭނުންވި ގޮތަށެވެ. އެއީ ދަނޑުގެ ހަތަރު ފަރާތު ކަނުގައި ލައިޓް ޖެހުމުގެ ބަދަލުގައި، އެއަށް ވުރެ އެތެރެއިން ލައިޓްތައް ޖެހުމެވެ.