Last Updated: November 28, 17:45
Thursday, November 28, 2024
ޚަބަރު

އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ވާދަކުރަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވާދަކުރައްވަން ނިންމަވައިފިއެ ވެ.

އޭނަ އަކީ ކުރިން ވެސް އެ މަގާމު އަދާކުރެއްބި މީހެކެވެ. އަލުން އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާކަން މިއަދު އިއުލާން ކުރައްވައި ޓޮމް ވިދާޅުވީ އެ މަގާނަށް ވާދަކުރައްވާތީ ރާއްޖޭގެ ފުޓްބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

"[އެފްއޭއެމްގެ] ކުރިއަށް އޮތް އިންތިޚާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން." ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން ފުޓްބޯޅައިގެ ތެރޭގައި ވަރަށް ބޮޑަށް އުޅުއްވި ޓޮމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ވާދަކުރައްވަން ޓޮމް ނިންމެބި އިރު، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެފްއޭއެމްގެ ރައީސްކަމަށް ގެންނަން ވެސް އަންނަނީ ކެމްޕޭނަށް ހިންގަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ މިހާރުގެ ރައީސަކި އެ މަގާމު ހުންނަވާތާ ގިނަ ދުވަސްތަކެއްވީ ބައްސާމް އަދީލް ޖަލީލެވެ.