Last Updated: November 29, 17:51
Friday, November 29, 2024
ޚަބަރު

ނަލަންދޫގައި ރިސޯޓެއް ހަދަން އަލުން ބީލަމަށް

ށ. ނަލަންދޫގައި 200 އެނދުގެ ރިސޯޓެއް ހަދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

މިދިޔަ އޮގަސްޓް މަހު ވެސް އެ ރަށް ބީލަމަށް ލި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރަން ޝައުގުވެރިވާ ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ސެޝަނެއް މި މަހުގެ 24 ގައި އޮންނާނެ ކަމަށެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރެޓީގެ ގޮތުގައި 10،000،000 ޑޮލަރު ހުށަށަހަޅަން ޖެހެ އެވެ.

ބޮޑު މިނުގައި 63.99 ހެކްޓަރުގެ ހުންނަ ނަލަންދޫގައި ރިސޯޓެއް ހަދަން ކުއްޔަށް ދޫކުރަން ނިންމީ 50 އަހަރަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓު ތަރައްގީ ކުރުމުގެ މަރުހަލާގައި ކޮންސްޓްރަކްޝަން ޕީރިއަޑުގެ ގޮތުގައި 36 މަސް ދުވަސް ލިބޭނެ ކަމަށެވެ.