އިންތިޤާލީ މަރުހަލާގެ ކަންކަން ކުރިއަށްދާއިރު، އެސްޓީއޯއާއި އިންޑިއާގެ ޓެމިލް-ނާޑޫގެ ކުންފުންޏަކާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ބާރަށް ކުރިއަށްދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.
އިންތިޤާލީ މަރުހަލާގެ މަސައްކަތްތަކާއި ގުޅޭގޮތުން އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އެފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޙަލީލް ވިދާޅުވީ ބެހޭއި އޭގެ ސަޕްލައިސް ރާއްޖެއަށް ފޯރުކޮށްދޭން އެކަމަށް ހާއްސަ އެއްބަސްވުމެއް އެސްޓީއޯއާއި ޓެމިލް ނާޑޫ ކުންފުންޏަކާއި ދެމެދު ހެދުމަށް މަސައްކަތްތަކެއް ދާ ކަމަށެވެ. އަދި މިކަން ކުރިއަށް ނުގެންނަދަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
" އިންތިހާބީ ރައީސުލްޖުމުހޫއްރީއްޔާ ދެކިވަޑައިގަންނަވާ ގޮތުން މިއީ، ދިވެހިންގެ އަސާސީ ޚިދުމަތްތަކާއި ގުޅޭ މުހިންމު ހައްސާސް ކަމެއް ކަމަށްވާތީވެ، މި މަރުހަލާގައި މި ކަހަލަ މަސައްކަތެއް ބާރަށް ގެންދިއުމަކީ އެމަނިކުފާނުގެ ކަންބޮޑުވުން އޮތް ކަމެއްކަން ފާހަގަ ކުރައްވާ" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ މިމައްސަލާގައި އިންތިހާބީ ރައީސް އެދިވަޑައިގަންނަވަނީ މިމަރުހަލާއަށް އެ މަސައްކަތް ބާރަށް ކުރިއަށް ނުގެންދަވާ މަޑުޖައްސާލަން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ރާއްޖެއަށް ބޭހާއި ސިއްޙީ ދައިރާގެ އެހެނިހެން ސާމާނު އެންމެ ގިނައިން އެތެރެ ކުރަނީ އެސްޓީއޯއިިންނެވެ. އެސް.ޓީ.އޯގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ޞިއްޙީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ޞިއްޙީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ދުނިޔޭގެ އެންމެ ބޮޑު އެއް ފާމަސޫޓިކަލް ކުންފުނި އެސްޓްރާ ޒެނެކާއާއި އެކު ވެވުނު އެއްބަސްވުމާއި އެކު މިފަދަ 27 އެއްބަސްވުމެއް އެސްޓީއޯއިން މިހާރުވެސް ހަދާފައިވެއެވެ.