އިޒުރޭލާއި ފަލަސްތީނު ދެމެދު މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.
ފޯނު ޒަރީއްޔާއިން މިއަދު މަޝްވަރާ ކުރެއްވި ތުރުކީގެ ރައީސް، ވަނީ ޑރ. މުއިއްޒުއަށް އިންތިހާބުގައި ލިބުނު ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ. އަދި މިހާރު ހިނގަމުންދާ ފަލަސްތީނާއި އިޒްރޭލުގެ މައްސަލާގައި މިހާރު ހިނގަމުންދާ ބައެއް ކަންކަން އުރުދުގާން ވަނީ އިންތިހާބީ ރައީސްއާއި ހިއްސާ ކުރައްވާފައެވެ.
މިގޮތުން ތުރުކީ މި ސަރަހައްދުގެ ހަމެޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އެގޮތުން މިމަޝްވަރާތަކަށް އެކި ގޮތްގޮތް ހޯދަމުންދާ ކަމަށާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
President Recep Tayyip Erdoğan spoke by phone with President-elect Mohamed Muizzu of the Maldives.
The call addressed the latest developments within the framework of the Israel-Palestine conflict and humanitarian issues.
Stating that Türkiye is making every effort for the…
— Republic of Türkiye Directorate of Communications (@Communications) October 21, 2023
ތުރުކީގެ ރައީސްގެ ފޯނު ކޯލެއް އިންތިހާބީ ރައީސްއަށް އައިސްފައި މިވަނީ، ފަލަސްތީނާއި އެއްކޮޅަށް ރާއްޖޭގައި ބޮޑެތި އެއްވުންތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ގައްޒާގެ ރައްޔިތުންނަށް އެހީވުމަށް ބޮޑެތި އަދަދުން ފައިސާގެ އެހީތެރިކަން ދިވެހިން ދަނީ ފޯރުކޮށްދެމުންނެވެ.
މިކަމުގައި އިޒްރޭލު ސަރުކާރުން ވަނީ މިވަގުތު އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެދިފައެވެ. މިއީ މިވަގުތު ރާއްޖޭގެ މާހައުލު އޮތް ގޮތުން ކަމަށް އެޤައުމުން ވަނީ ބުނެފައެވެ.
އުރުދުގާން ވަނީ މިއަދު ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގެ އިސްވެރިންނަށްވެސް ފޯނުން ގުޅުއްވައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.