Last Updated: November 26, 09:26
Tuesday, November 26, 2024
ކުޅިވަރު

ފަތާ ޓްރެކްތަކަށް ބޭނުންވާ ސާމާނު ގެންނަނީ

އައްޑޫގެ ތިން އަވަށެއްގައި ފަތާ ޓްރެކް އެޅުމަށް ބޭނުންވާ ސާމާނު އައްޑު އަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ނިންމާލެވޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް (ޓޮމް) މިއަދު ވިދާޅުވީ ހިތަދު އާއި މަރަދޫގެ އިތުރުން ހުޅުމީދޫގައި ފަތާ ޓްރެކްތައް އަޅަން ބޭނުންވާ ތަކެތި މިހާރު ވީ އައްޑު އަށް އައުމުގެ މަގުމަތީގައި ކަމަށެވެ.

އެހެންވެ ހުކުރު ދުވަހު ޓްރެކްތައް ބަރުކޮށްފައިވާ އުޅަނދު އައްޑު އަށް ވަންނާނެ ކަމަށް އޭނަ ވިދާޅުވި އެވެ.

އައްޑޫގައި އަޅާ ފަތާ ތިން ޓްރެކްގެ ތެރެއިން ދެ ޓްރެކަކީ ކައުންސިލުން ހަރަދުކޮށްގެން އަޅާ ޓްރެކްތަކެވެ. އަނެއް ޓްރެކަކީ ޔޫތު މިނިސްޓްރީން ހަރަދުކޮށްގެން އަޅާ ޓްރެކެކެވެ.

އެކަމަކު މި ތިން ޓްރެކް ވެސް އެޅުމުގެ އަމަލީ މަސައްކަތްކޮށް ދޭނީ ސްވިމިން އެސޯސިއޭޝަނުންނެވެ.

ހިތަދޫގައި ޓްރެކް އަޅަން ސްވިމިން އެސޯސިއޭޝަނާ ޔޫތު މިނިސްޓްރީން ހަވާލު ކުރީ އޮކްޓޯބަރު 23، 2014 ގަ އެވެ. އެކަމަށް 1.5 މިލިއަން ރުފިޔާ ހަރަދުވެ އެވެ.

ފަތާ ޓްރެކްތަކަށް ބޭނުންވާ ސާމާނު އުޅަނދަކަށް ބަރުކޮށްފައި. ފޮތޯ/ ކިއުންތެރިއެެއް
ފަތާ ޓްރެކްތަކަށް ބޭނުންވާ ސާމާނު އުޅަނދަކަށް ބަރުކޮށްފައި. ފޮތޯ/ ކިއުންތެރިއެެއް

ކައުންސިލުން ބުނީ ހިތަދޫ ޓްރެކްގެ އިތުރުން ހުޅުމީދު އާއި މަރަދޫ ޓްރެކް ވެސް އަންނަ މަހުގެ ނިޔަލަށް ނިންމައި ލެވޭނެ ކަމަށެވެ.

މި ޓްރެކްތަކުގެ ސަބަބުން ފަތަން މޫދަށް އެރޭ ފަރާތްތަކަށް ބޮޑެތި ފަަސޭހަތަކެއް ލިބިގެން ދާނެ އެވެ.