Last Updated: February 21, 17:26
Friday, February 21, 2025
ޚަބަރު

ސީޒަން މަޖިލިސް އިންތިހާބުގައި ވާދަކުރަނީ

ފިލްމީ ދާއިރާ އިން ބްރޭކެއް ނެގިކަން މީގެ ދުވަސްކޮޅެއް ކުރިން އިއުލާންކުރި ރާއްޖޭގެ ފިލްމީ ތަރި، އަލީ ސީޒަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީކުރި އަދި ރިިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ޕީޕީއެމް/ޕީއެންސީގެ ކެމްޕޭންތަކުގައި ވެސް އުޅުނު ސީޒަން މަޖިލީހަށް އެ ކޯލިޝަންގެ ތެރެއިން ވާދަކުރަން ނިންމާފައި ވަނީ ތުލުސްދޫ ދާއިރާއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ނުވަތަ އެޕްރީލްގެ ކުރީކޮޅު ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވެ އެވެ.

ސީޒަން މަޖިލީހަށް ވާދަކުރަން ނިންމި އިރު، އޭނަ އަކީ ކުރިން ވެސް ސިޔާސީ މަގާމެއް އަދާކޮށްފައިވާ މީހެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކޮށްފައިވެ އެވެ.

ސީޒަންގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 7 އިން ފެށިގެން އޮލިމްޕަހުގައި ދައްކަމުން އަންނަ ބިރުވެރި ފިލްމު "ކަޅަކި" އެވެ.

މީގެ ކުރިން ރާއްޖޭގެ ބައެއް ފަންނާނުން މަޖިލީހަށް ވާދަކޮށް ކާމިޔާބުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސީޒަންގެ އާއިލީ ބޭފުޅެއް ކަމަށްވާ ކުރީގެ މަޝްހޫރު ފިލްމީ ތަރި ރީކޯ މޫސާ މަނިކުގެ އިތުރުން މުހައްމަދު އަބްދުﷲ (މުހައްމާކަލޯ) ފާހަގަކޮށްލެވެ އެވެ.