ދަރިމައިނުވުމުގެ މައްސަލަ އަށް ހާއްސަކޮށްގެން އަންނަ މަހު ސެމިނާއެއް ބާއްވަން ނިންމައިފި އެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން އިންތިޒާމުކޮށްގެން ބާއްވާ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) ގުޅޭ ސެމިނާ އޮންނާނީ އަންނަ މަހުގެ 2 ގައި ގައުމީ ޔުނިވަސިޓީގަ އެވެ. މި ސެމިނާ ބާއްވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.
ސެމިނާ ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޕީސީއޯއެސް ތަހައްމަލުކުރާ މީހުންގެ ތަޖުރިބާ ހިއްސާކުރުމާއި ސިއްހީ މާހިރުންގެ ޕެނަލް ޑިސްކަޝަންގެ އިތުރުން އަދި ސުވާލާއި ޖަވާބެވެ.
ތަޖުރިބާތައް ކުރާނެ ފަރާތްތަކުގެ ތެރޭގައި ލަޝަސް ލޭޔާގެ ވެރިޔާ/ސޯޝަލް މީޑިއާ އިންފްލުއެންސާ އަދި ކޮންޓެންޓް ކްރިއޭޓާ ނަބީލާ ޝިޔާމު، އެސްއެސްޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިނަތު ހައިފާ، ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ރައީސާ އާޝާ ހުސެއިން އަދި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ކުރީގެ ނައިބު ރައީސާ މަރިޔަމް ޝާނީޒެވެ.
ޕެނަލް ޑިސްކަޝަންގައި ޖަވާބު ދެއްވާނީ ޑރ. މުހައްމަދު ސިރުހާން، ޑރ. ޒާކިޔާ އަހުމަދު، ހީޓްގެ ސީއީއޯ ޝިފާނާ ވަޖީހް، އަދި ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ އެޑްވައިޒަރީ ކޮމިޓީ މެންބަރު- މަރިޔަމް އިފްޝާނެވެ.
ލެކްޗަރާ ފެކަލްޓީ އޮފް ހެލްތް ސައިންސަސް
ސެމިނާގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ 10 މީހަކަށް ދަ ވެލްނަސް ކްލަބުން ހަތަރު މަހުގެ ޕާސަނަލް ޓްރެއިނިން މުޅިން ހިލޭ ލިބޭނެ އެވެ. އަދި އިތުރު 10 މީހަކަށް ހޯމޯން ޓެސްޓްތަކާއި އެންޑޯކްރޮނޮލޮޖީ އެޕޮއިންޓްމަންޓްތަކެއް ހިލޭ ލިބޭނެ އެވެ.