Last Updated: November 29, 17:51
Friday, November 29, 2024
ޚަބަރު

މުއިއްޒުގެ ހުވާގެ ރަސްމިއްޔާތުގެ ގަޑި ކަނޑަޅައިފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާ ގަޑި ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އިންތިޒާމުކުރާ އެ ރަސްމިއްޔާތު އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާނީ ޖުމްހޫރީ މައިދާނުގަ އެވެ. އަދި އެ ރަސްމިއްޔާތު ފަށަން ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 4:45 ގަ އެވެ.

މިކަމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، މިކަމާ ގުޅޭ ގޮތުން އިއްޔެ މަޖިލީހުގެ އިދާރާ އާއި އެމްއެންޑީއެފާއި މުއިއްޒުގެ އިންތިގާލީ ކޮމިޓީ ބައްދަލުކޮށް މަޝްވަރާތަކެއްކޮށްފައިވެ އެވެ.

މިދިޔަ މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވަ އެވެ. މުއިއްޒު ކާމިޔާބު ކުރެއްވީ 126،842 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 53.9 ޕަސެންޓެނާ އެކީގަ އެވެ.

ރައީސް ސޯލިހަށް ލިބިވަޑައިގަތީ 108،500 ވޯޓެވެ. އެއީ އެއީ ވޯޓްލީ މީހުންގެ 46.1 ޕަސެންޓެވެ.

މުއިއްޒާ އެކީ ނައިބު ރައީސެއްގެ ގޮތުގައި މަސައްކަތްކުރާ ފަރެސްމާތޮޑާގެ މަޖިލިސް މެންބަރުގެ ގޮތުގައު ހުންނެވި ހުސައިން މުހައްމަދު ލަތީފު (ސެމްބެ) އެވެ.