Last Updated: November 28, 17:45
Thursday, November 28, 2024
ޚަބަރު

އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭނުން ޓީވީއެއް

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭނެއް އޮންލައިންކޮށް ނަގައިގެން "50 ޓީވީއެއް ހޯދާ ޕްރޮމޯޝަން އަންނަ މަހުގެ 10 އަކާއި ހަމައަށް ކުރިއަށް ދާނެ ކަަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މި ޕްރޮމޯޝަން އެކުންފުނިން ފަށާފައިވަނީ މިމަހުގެ 10 އިން އަންނަ މަހުގެ 10 އާއި ހަމައަށެވެ. މި މުއްދަތުގައި ހޯމް ކޮންޓެންޓް ޕްލޭން ނުވަތަ އޭގެ ތެރޭ ހިމެނޭ 3 ޕްލޭނުން ކޮންމެ ޕްލޭނެއްވެސް އޮންލައިންކޮށް ނަގައިގެން، ގުރުއަތުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިދެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް "50 ޓީވީއެއް ލިބިގެން ދާނެއެވެ.

އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ތަކާފުލް އަކީ، ގޭގައި ހުންނަ އެކި ބާވަތުގެ މުދަލައް ކަވަރޭޖް ދިނުމުގެ ގޮތުން ހަދާފައިވާ ޕްލޭނެއް ކަަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ނުވަތަ ފެން ބޮޑުވެ ނޫނީ ލީކް ވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް މި ޕްލޭންގެ ތެރެއިން ކަވަރޭޖް ލިބޭ ކަމަށް އަޔާދީއިން ބުނެއެވެ. އެގޮތުން މިއީ މާލެ އަދި ރަށްރަށުގައި ދިރިއުޅުއްވާ ފަރާތްތަކަށް މުހިންމު ބޭނުންތެރި ކުޑަ އަގެއް ދީގެން ނެގޭ ޕްލޭނެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެކުންފުނިން ގޭގެއަށް ކަވެރޭޖް ދިނުމަށް ތައްޔާރު ކޮށްފައިވާ ޕެކޭޖުގެ ތެރޭގައި 3 ޕްލޭނެއް ހިމެނެއެވެ. އެއީ ހޯމް ކޮންޓެންޓް، އަހަރެންގެ ހިޔާ، އަދި ހިޔާވަހި ޕްލޭނެވެ. މީގެ ތެރެއިން ހިޔާވަހި އަދި އަހަރެންގެ ހިޔާ ޕެކޭޖުގައި ހިފާ ގެންގުޅޭ ސާމާނު ކަވަރޭޖް ދޭނީ ނަގާ ޕެކޭޖެއްގެ ކަނޑައެޅިފައި ހުރި ލިމިޓެއްގެ ތެރެއިންނެވެ. އަހަރެންގެ ހިޔާ ޕެކޭޖަކީ ސީދާ ހިޔާ ފްލެޓްތަކަށް ހާއްސަ ޕެކޭޖެކެވެ. ހިޔާވަހި ޕެކޭޖް އެހެނިހެން އެޕާޓްމެންޓް ފްލެޓް އަދި ގެތަކުގައި ބޭނުން ކުރެވޭނެއެވެ.

އެލައިޑުން ފާހަގަ ކުރި ގޮތުގައި މި ޕްލޭންތަކުގެ ތެރެއިން އެންމެ އަގު ބޮޑު ޕެކޭޖްގައި 600ރ. އަހަރަކަށް ދައްކައިގެން 650،000ރ. ގެ ކަވަރެޖެއް ލިބިދެއެވެ. އެހެން ކަމުން މިއީ ގޭގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރި ކުރުމަށް ކުޑަ ވަރަށް ރަނގަޅު ޕެކޭޖުތަކެއް ކަމަށް އެކުންފުނިން ޤަބޫލު ކުރެއެވެ.