ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެ އެވެ.
ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން އެގޮތަށް ނިންމުމާ ގުޅިގެން ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް އެކަން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އާ ސަރުކާރުން އެކަމަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވެ އެވެ.
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމާ ގުޅިގެން ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ދާތުކް ޕޯލް ޗުއާ ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.