Last Updated: November 28, 17:27
Thursday, November 28, 2024
ޚަބަރު

ތިލަފުށި ފޭސް 2 އިން 39 ހެކްޓަރުގެ ބިން ހިއްކައިފި

ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން / ފޮޓޯ: އާބަންކޯ

ތިލަފުށި ފޭސް 2 ގެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ މަސައްކަތް ފެށި އޭރިއާ "ބީ" ގެ މަސައްކަތް ނިންމާފައިވާ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

އާބަންކޯއިން މިކަން ހާމަކޮށް ނެރުނު ނޫސްބަޔާނުގައި ބުނީ، ތިލަފުށި އޭރިއާ ބީ އިން 39.6 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އަދި މި ސަރަހައްދު ހިއްކައި ނިމުކާއެކު މިހާރު އޭރިއާ "އޭ" ގެ މަސައްކަތް ފަށާފައިވާކަން ހާމަކުރެއެވެ. އަދި މިމަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމާލެވެނެ ކަމަށް އެކުންފުނިން ބުނެއެވެ.


ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ އަދި އެފް ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި މަޝްރޫޢަކީ އަރބަންކޯ އަދި ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.

މި މަސައްކަތުގެ ތެރެއިން އެރިއާ (އޭ) އިން 71.5 ހެކްޓަރުގެ ބިން ހިއްކިގެންދާއިރު، އެރިއާ (ބީ) އިން 39.6 ހެކްޓަރުގެ ބިން ހިއްކިގެންދާނެއެވެ. އަދި މީގެ އިތުރުން އޭރިއާ (އީ) އިން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިގެންދާއިރު އޭރިއާ (އެފް) އިން 0.73 ހެކްޓަރު ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ތިލަފުށީގެ ބިންހިއްކުމުގެ މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރައްޙައްދުތަކާއި ދުރުގައި ސިނާއީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އަރބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން ތިލަފުށީގެ މާސްޓަރ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކި އެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެއެވެ. މިއާއެކު ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން އިގްތިޞާދީ ގޮތުން އިންޤިލާބީ ކުރި އެރުންތަކެއް ލިބިގެންދާނެއެވެ.