ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެ ބަލައިގެންފި އެވެ.
މި ކާމިޔާބީއާ ގުޅިގެން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ދިން ފިލައާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އެވެ.
Today, Maldives has been recognised by WHO as the first country to have achieved interruption of transmission of leprosy. Congratulations to all healthcare personnel past and present, who worked tirelessly to ensure the country is free of this debilitating disease. @WHOSEARO pic.twitter.com/6a6FWxTG6g
— Ministry of Health (@MoHmv) October 31, 2023
ލެޕްރަސީ ނެތް ގައުމެއްގެ ގޮތުގައި ކަނޑައަޅަން ބޭނުންވާ އެންމެ މުހިންމު އެއް ޝަރުޠަކީ 100 ރަށުގައި އެ ބަލި ނެތްކަން ކަށަވަރުކުރުމެވެ. ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ޝަރުތު ހަމަވެފައިވާ ކަމަށެވެ.
ލެޕްރަސީ ބައްޔަކީ ކުރީގައި ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލު ކުރި ބައްޔެކެވެ. ނަމަވެސް، 1982 ވަނަ އަހަރު ރާއްޖޭގައި ލެޕްރަސީ ބައްޔަށް ބޭސް ތަޢާރަފްކޮށް ރަނގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދެވެން ފެށުމާއިއެކު ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިއާއެކު 1997 ވަނަ އަހަރު ލެޕްރަސީ އަކީ ރާއްޖޭގެ އާންމު ޞިއްޙަތަށް އޮތް ނުރައްކަލެއް ނޫންކަމުގައި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފަ އެވެ.