އައްޑޫ ކައުންސިލާއި ސްވިމިން އެސޯސިއޭޝަން ގުޅިގެން އެޅުމަށް ހަމަޖެހިފައިވާ ފްލޯޓިން ސްވިމިން ޕްލެޓްފޯމް އެޅުމަށް ބޭނުންވާ ތަކެތި އައްޑު އަށް ގެންދިއުމުން އެ ތަކެތި ބާލައި ސިޓީ ކައުންސިލް އިދާރާ އަށް ގެންދިއުމުގެ މަސައްކަތުގައި އައްޑޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެ ސިޓީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އިއްޔެ އައްޑޫ ސިޓީ ހިތަދޫ ބަނދަރުން ތަކެތި ބާލައިގެން ސިޓީ ކައުންސިލަށް ގެންއިދުމުގައި ފުލުހުންގެ އިތުރުން ސިޓީ ކައުންސިލްގެ މުވައްޒަަފުންނާއި ޢާއްމު ބައެއް ފަރާތްތަކުން ވެސް ވަނީ ބައިވެރި ފަ އެވެ.
މި މަސައްކަތުގައި އައްޑޫގައި މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވި އެވެ.
ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ އައްޑޫގައި މަސައްކަތް ކުރާ ފުލުހުން އަބަދުވެސް އިސްކަން ދެނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.
އަދި ކުށް މަދު ކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކު ރައްޔިތުން ކުރާ ޖުތިމާޢީ މަސައްކަތުގައި އަދި ސިޓީ ކައުންސިލުން އެދޭ ކަންކަމުގައި ފުލުހުންގެ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށް ކަމަށް ވިދާޅުވި އެވެ.
އެގޮތުން ސިޓީ ކައުންސިލުން އެދޭ އިޖުތިމާޢީ ކަންކަމަށް އަބަދުވެސް އިސްކަން ދީ ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ޚިދުމަތް އައްޑޫ ސިޓީގައި ދިނުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
އައްޑޫ ސީޓީގައި ޤާއިމްކުރާ ޕްލެޓްފޯމް ރޭވުމާއި އެތަކެތި މޫދުގައި އެޅުމުގެ މަސައްކަތުގައިވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.