Last Updated: November 28, 17:27
Thursday, November 28, 2024
ޚަބަރު

ކަށަވަރު ޕްރޮމޯ އިން 200،000ރ. ގެ އިންޖީނެއް

އެމްޓީސީސީ ކަށަވަރު ޕްރޮމޯ 2023 ލޯންޗު ކުރުމުގެ ތެރެއިން / ފޮޯޓޯ: އެމްޓީސީސީ

ދެ ލައްކަ ރުފިޔާގެ އަގު ހުރި ސުޒުކީ އައުޓްބޯޑު އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް "ކަށަވަރު 2023" ނަމުގައި އެމްޓީސީސީން ފަށައިފިއެވެ.

މި ޕްރޮމޯޝަން އިފްތިތާޙްކޮށްފައިވަނީ އެމްޓީސީސީ ކަށަވަރު ސޯވްރޫމުގައި، އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު 1 އިން ފެށިގެން މިއަހަރުގެ ނިޔަލަށެވެ. އެގޮތުން ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނޭރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުނެއެވެ. މިއަދު އިފްތިތާޙު ކުރެވުނު ޕްރޮމޯޝަންގެ މަޤްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށް އެކުންފުނިން ބުނެއެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރައްވާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދ،ި ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ޔަންމާ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބިވަޑައިގަންނަވާނެއެވެ. މިއީ 2 ލައްކަ ރުފިޔާގެ އަގުހުރި އިންޖީނެެކެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓް ތަކަކީ ސުޒުކީ އަދި ޔަންމާ އިންޖީނާއ،ި ސްޓަރން އައިޓަމްސްއާއ،ި ސްކޮޓް ބޭޑަރ ރެސިން އާއ،ި ސްކޮޓް ބޭޑަރ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއ،ި ޔަންމާ ޖެންސެޓްސްއާއ،ި ސްޕެއާރ ޕާރޓްސްއާއ،ި އެކްސަސަރީޒްއާއ،ި އިންޑަސްޓްރިއަލް ގޭހާއ،ި މެރޯލް އަދި ލުބްރިކަންޓްސްއެވެ.

މި ޕްރޮމޯޝަން ތެރެއިން ކުރިއަށް އޮތް ދެމަސް ދުވަހު ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައ،ި މާލޭ ބަނދަރު ސަރަޙައްދ،ު ހުޅުމާލޭ ބަނދަރު ސަރަޙައްދު، ތިލަފުށީ ޑޮކްޔާރޑް އަދި ސައިޓް، ރ. އަލިފުށ،ި ރ. ވާދ،ޫ ތ. ހިރިލަންދ،ޫ ތ. ތިމަރަފުށ،ި ތ. ދިޔަމިގިލ،ި ދ. ކުޑަހުވަދ،ޫ ކ. މާފުށ،ި ކ. ގުޅި އަދި ފުވައްމުލައް ސިޓީގައި އައުޓްޑޯ އިވެންޓް ބޭއްވުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ.

އެކުންފިނިން ބުނީ އެކުންފުނީގެ އަމާޒަކީ، ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުން ކަމަށެވެ. އެގޮތުން ޕްރޮމޯޝަންތަކާއި އެކު އިންޖީނު ބެލެހެއްޓުމަށް ޓެކްނިކަލް ކަންކަމުގައި އަހުލުވެރިކޮށްދިނުމާއި، އަދި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގިނަ ހަރަކާތްތަކެއް އެކުންފުނިން ކުރިއަށް ގެންދެއެވެ.