Last Updated: November 26, 09:26
Tuesday, November 26, 2024
މުނިފޫހިފިލުވުން

މާރާމާރީ ހިންގައިގެން އަދިތިޔާ ހައްޔަރުކޮށްފި

މުމްބާއީގެ ހޮޓަލެއްގައި މާރާމާރީ ހިންގައިގެން ބޮލީވުޑްގެ އެކްޓަރު އަދިތިޔާ ޕަންޗޯލީ މިއަދު ފުލުހުން ހައްޔަރުކޮށްފި އެވެ.

މިއަދު ހެނދުނު މުމްބާއީގެ ޖުހޫ އޭރިއާގެ ހޮޓަލެއްގައި އޭނާ މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާ އެކު، އަދިތިޔާ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަން ބަންދުގައި ބެހެއްޓުމަށް އޭނާ ވަނީ ކޯޓަށް ވެސް ހާޒިރު ކުރާ ގޮތަށް ނިންމައިފަ އެވެ.

އާދީއްތަ ދުވަހަކީ އިންޑިއާގައި ބަންދު ދުވަހެއް ނަމަވެސް، މާރާމާރީ ހިންގި މައްސަލާގައި އޭނާ ކޯޓަށް ހާޒިރުކޮށް، މުއްދަތު ޖަހަން ވަނީ ޖަމަޖެހިފަ އެވެ.

ފުލުހުން އަދިތިޔާ ހައްޔަރުކޮށް ވެހިކަލަށް އަރުވަނީ. ފޮޓޯ/ ޕިންކްވިލާ
ފުލުހުން އަދިތިޔާ ހައްޔަރުކޮށް ވެހިކަލަށް އަރުވަނީ. ފޮޓޯ/ ޕިންކްވިލާ

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާންމުކޮށް ފިލްމުތަކުގައި ނުބައިބައި ރޯލްތަކުން ފެންނަ އަދިތިޔާ މިއަދު މާރާމާރީ ހިންގީ އޭނާ ހެނދުނު ސއިބޯން ދިޔަ ހޮޓަލުގައި އިނގިރޭސި ލަވަ ޖަހާފައި ހުރުމުން އެކަމާ ހިތްހަމަނުޖެހިގެން ހިންދީ ލަވައަށް ބަދަލުކޮށް ދޭން އެދުމުން، ހޮޓަލުގެ މެނޭޖްމަންޓުން އެކަމަށް އިޖާބަ ނުދިނުމުން ހޮޓަލުން ނިކުންނަން އުޅެމުން އެތަނުގެ ސެކިއުރީއަކަށެވެ.

ފުލުހުން ކައިރީ ވެސް އަދިތިޔާ ބުނީ އެ ހާދިސާ ހިނގީ ހޮޓަލުގެ މެނޭޖްމަންޓުން އޭނާގެ އެދުމަށް ފުރަގަސް ދިނުމުން ކަމަށެވެ.

މި ހާދިސާގައި ސެކިއުރިޓީގެ ބޯ ފަޅައިގެން ގޮސްފައިވެ އެވެ. އަދި އޭނާ އަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އަދިތިޔާ ހަމަލާ ދިން ސެކިއުރިޓީގެ ބޯ ފަޅައިގެން ދިއުމުން ފޮތިގަނޑެއް އައްސާފައި.
އަދިތިޔާ ހަމަލާ ދިން ސެކިއުރިޓީގެ ބޯ ފަޅައިގެން ދިއުމުން ފޮތިގަނޑެއް އައްސާފައި.

ކުރީގެ ބަތަލާ ޒަރީނާ ވައްހާބާ ކައިވެނިކޮށްގެން އުޅޭ އުމުރުން 50 އަހަރުގެ އަދިތިޔާއަކީ ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަގަނޑެއްގެ ތެރޭގައި ތާށިވެފައި ހުންނަ އެކްޓަރެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ މިހާރު ކުޅެމުން އަންނަ ސަންޖޭ ލީލާ ބަންސާލީގެ "ބަޖިރާއޯ މަސްތާނީ" ގެ ސެޓްގައި ވެސް ދާދި ފަހުން އަދިތިޔާ ވަނީ ހާޖާނުގަނޑެއް އުފައްދައިފަ އެވެ.

އަދި 2013 ވަނަ އަހަރު ދަންޖެހިގެން މަރުވި ބަތަލާ ޖިއާ ހާންގެ މަރުގެ މައްސަލާގައި އަދިތިޔާގެ ދަރިފުޅު ސޫރަޖް ޕަންޗޯލީ ފުލުހުން ހައްޔަރު ކުރުމުން ވެސް އެ ދުވަސްކޮޅު އަދިތިޔާ ވަނީ އެކި ކަހަލަ މައްސަލަތައް އުފައްދައިފަ އެވެ.