Last Updated: November 28, 17:45
Thursday, November 28, 2024
ޚަބަރު

އަހަރުގެ ނިޔަލަށް ފިކްސްޑް ޑިޕޮޒިޓާ ނުލައި ސުޕަނެޓް

މިއަހަރުގެ ނިޔަލަށް ފިކްސްޑް ޑިޕޮޒިޓް ނުލައި އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ސުޕަނެޓް ޙިދުމަތަށް އެދިލެވޭނެ ކަމަށް އުރީދޫއިން ހާމަކޮށްފިއެވެ.

އުރީދޫއިން ދަނީ އެކުންފުނީގެ ބްރޯޑްބޭންޑް ޚިދުމަތް ފުޅާކޮށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސުޕަނެޓް ޚިދުމަތުގެ ޕެކޭޖުތައް ބޮޑު ޑޭޓާ އެލަވެންސްތަކާއި އެކު އަގުހެޔޮ ވަނީ ކޮށްފައެވެ. މި ޕެކޭޖުތައް ނަގަން ބޭނުންވާ ކަސްޓަމަރުންނަށް މިހާރު ފިކްސްޑް ޑިޕޮޒިޓްއަކާއި ނުލައި، ޙިދުމަތައް އެދިލެވޭނެ ކަމަށް އުރީދޫން ބުނެއެވެ. މީގެ އިތުރުން މިމުއްދަތުގައި ޚިދުމަތައް އެދިލައްވާ ކަސްޓަމަރުންނަށް ރައުޓަރ ވެސް ހިލޭ ލިބޭނެ ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ.

މީގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ގުޅިގެން އުރީދޫއިން އެންމެ ފަހުން ތައާރަފްކުރި އޮފާއާއި އެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗް ވަގުތުން ބެލާލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. ނަސީބުވެރި ވެރި އެއް ފަރާތަކަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން 2 ރެއާއި 3 ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާއެކު ޕެރިސް ދެކޮޅު ޓިކެޓް ލިބެއެވެ. މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް މިހާރު ގެންގުޅުއްވާ ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކް އިން ބައިވެރިވެވޭނެއެވެ.


ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫއިން އިން ކުރާ މަސައްކަތުގެ ތެރެއިން، އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު ބޮޑެތި ޑޭޓާ އެލަވަންސް އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާ ކަމަށް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާއާއި އެއްވެގެންދާނެއެވެ. ސުޕަނެޓަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ގޭގެއަށާއި އޮފީސްތަކާއި ކުދި ވިޔަފާރިތަކަށް ބޭނުންހުރި ލޭންޑްލައިންގެ ހިދުމަތް ވެސް ލިބެއެވެ. އަދި ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް، ގޭމިން ފަދަ މަގުބޫލު ޕްލެޓްފޯމްތައް ވެސް އެ ނެޓްވޯކުން ވަނީ ސުޕަނެޓްގެ ހިދުމަތްތައް އޮޕްޓިމައިޒްކޮށްފަ ކަމަށް އުރީދޫއިން ބުނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ކްލަބް ޕްރިމިއަރ ބެނެފިޓްވެސް ލިބެއެވެ.

ސުޕަނެޓްގެ ހިދުމަތް އެކްޓިވޭޓް ކުރުމަށް http://ore.do/getsupernet
އުރީދޫ ފްލައި ޓު ޕެރިސް އޮފަރ އާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://ore.do/paris ޒިޔާރަތްކުރައްވާށެވެ.