ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް އަދި އެ ގާނޫނުތަކަށް ގެންނަ އިސްލާހުތައް ފަސޭހައިން އެއްތަނަލުން ބަލާލެވޭ ގޮތަށް ފަރުވާކޮށްފައިވާ އެމްވީލޯ" ގެ އާ ވެބްސައިޓް އިފުތިތާހުކޮށްފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ އިފުތިތާހުކުރި މި ވެބްސައިޓަކީ ޔުނައިޓެޑް ނޭބާންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީގައި ޖަވާބު ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކުރި ވެބްސައިޓެކެވެ.
Our vision for MVLAW would not have reached fruition if not for the hard work and commitment of all our partners. Many thanks to @UNDPMaldives, the developers at @javaabumv and the dedicated team at AGO for all their invaluable contributions. pic.twitter.com/CsnbnuJlDE
— AG Office Maldives (@AGOmv) November 1, 2023
އޭޖީ އޮފީހުން ބުނީ އާ ވެބްސައިޓުގެ ބޭނުމަކީ ގާނޫނާއި ގަވައިދުތައް އިސްލާހުތައް އެއްތަނަކުން ބެލުމުގެ އިންތިޒާމު ހަމަޖައްސައި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ހަލުވި ކުރުމަށް މަގުފަހިކޮށްދީ ރައްޔިތުން ވެސް ގާނޫނުތަކށއި ގަވާއިދުތަކަށް ހޭލުންތެރިކުރުވުން ކަމަށެވެ.
We have launched an improved MVLAW website with specific features to enhance legal research and accessibility. Users can now explore all consolidated laws and regulations in Maldives, bookmark & save it for offline use. The MVLAW mobile app is set to release next week. pic.twitter.com/FN7hzilwjY
— AG Office Maldives (@AGOmv) November 1, 2023
މި ވެބްސައިޓުން ކީވޯޑްތައް ބޭނުންކޮށްގެން ގާނޫނުތަކާއި ގަވާއިދުތައް ހޯދުމާއި, ގާނޫނުތަކަށް ގެނެވިފައިވާ އިސްލާހުތައް ޓްރެކް ކުރުމާއި އޮފްލައިންކޮށް ކިޔާލުމަށް ގާނޫނާއި ގަވައިދުތައް ސޭވް ކުރުން އަދި ވަކި މާއްދާތައް ބުކްމާކް ވެސް ކުރެވޭނެ އެވެ. އަދި ހާއްސަ އެހީއަށް މީހުންވާ މީހުންނަށް އަމާޒުކޮށްގެން ވެބްސައިޓުގައި ދިވެހި ބަހުން ޓެކްސްޓް-ޓު-ސްޕީޗް ފަންކްޝަން ވެސް ހިމަނާފައިވެ އެވެ.