މައްސަލައެއްގައި ހައްޔަރުކުރި މީހަކު ފިލަން މޫދަށް ފުންމައިލުމުން ފުލުހުންތަކެއް މޫދަށް ފުންމާލައި އޭނަ އަތުލައިގެންފި އެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހަވީރު މޫދަށް ފުންމައިލި މީހާ އަކީ އަތޮޅުވެއްސަން ގެންދަން އުޅުނު މީހެކެވެ. އޭނަ ފުލުހުންގެ ވެހިކަލަކުން އެ ސަރަހައްދަށް ބޭލިތަނުން ދުއްވައިގަނެ މޫދަށް ފުންމައިލީ އެވެ. އަދި ވަގުތުން ފުލުހުން ދެ ލޯންޗެއްގައި ގޮސް ތިން ފުލުހަކު މޫދަށް ފުންމާލައިގެން އޭނާ ނެގި އެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
ނަމަވެސް އެ މީހާ އަކީ ކޮން މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހެއް ކަމެއް ސާފެއް ނުވެ އެވެ.