Last Updated: November 28, 15:30
Thursday, November 28, 2024
ޚަބަރު

ފްލެޓް ޝަކުވާ: ޕޮއިންޓް ދިނީ ފޯމަށް

އަކްރަމް ކަމާލުއްދީން - ފޮޓޯ: އާރްޑީސީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ޕޮއިންޓް ދިން ގޮތާއި މެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހި އިހްތިޖާޖު ކުރަމުންދިއުމާއެކު ޕޮއިންޓް ދީފައިވަނީ ޕޯޓަލްއަށް ލާފައި ހުރި މައުލޫމާތައް ބަލައި ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއިން ފްލެޓުތަކަށް ޕޮއިންޓް ދިން ގޮތާއި މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. މިގޮތަށް މައްސަލަ ޖެހުނީ ސަރުކާރުން މިހާރު އަޅާ ފުރަތަމަ 4000 ފްލެޓުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓު ދޭނީ 76 ޕޮއިންޓުން މަތި އަދި ދެ ކޮޓަރީގެ ފްލެޓް ދޭނީ 73 ޕޮއިންޓުން މަތިން ލިބުނު ފަރާތްތަކަށް ކަނޑައެޅުމުންނެވެ.


މިމަޝްރޫޢުގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުން ޝަރުތުު ހަމަވާއިރު، ޕޮއިންޓް ދީފައިވާ އުސޫލާއި މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. މިކަމާޢި ޕްލޭނިންގް މިނިސްޓްރީ ތެރޭގައި އިހުތިޖާޖު ކުރަމުންދާއިރު، ބައެއް ފަރާތްތަކުން ފާހަގަ ކުރި ގޮތުގައި، ދިރިއުޅުމުގެ ހާލަތު އެއްގޮތް ފަރާތްތަކަށްވެސް ޕޮއިންޓް ލިބުމުގައި ބޮޑެތި ފަރަޤުތައް އެބަހުއްޓެވެ. މީގެ އިތުުރުން އެތައް އަހަރަކަށް މާލޭގައި ދިރިއުޅުނު ފަރާތްތަކާއި މަދު އަހަރުތަކަށް ދިރިއުޅުނު ފަރާތްތަކުގެ މެދުގައިވެސް ހަމަހަމަ ކަމެއް ނެތް ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.


މިކަމާއި ގުޅިގެން އިހްތިޖާޖް ކުރާ ފަރާތްތަކާއި އަދި މީޑިއާއި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުންދީން ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ގިނަ ބައެއްގެ ހިތްހަމަ ނުޖެހުން ހުރުމުން މިހާރު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ޕޯޓަލް މެދުވެރިކޮށް ހުޅުވާވިފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ޕޮއިންޓް ދީފައި ހުރީ ޕޯޓަލްއަށް ލާފައި ފޯމުގައި ހުރި މައުލޫމާތަށް ކަމަށް އަކްރަމް ވަނީ ބުނެފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޕޮއިންޓް ދިން އިރު ދިރިއުޅުމުގެ ހާލަތު އެއްގޮތަކަށްވެސް ބަލާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ދަށުން ސަރުކާރުން ވަނީ 4000 ފްލެޓުގެ ތެރެއިން ފްލެޓް ނުލިބޭ ފަރާތްތަކަށް، ސަރުކާރުގެ އެހެން ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ފްލެޓު ލިބޭނެ ކަމަށް ބުނާ ލިއުމެއް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މިއީ އިންސާފެއް ނޫންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.