Last Updated: November 26, 06:34
Tuesday, November 26, 2024
މުނިފޫހިފިލުވުން

ސޮނާކްޝީ ރާއްޖޭގައި

ބޮލީވުޑްގެ ޒުވާން ބަތަލާ ސޮނާކްޝީ ސިންހާ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.

އޭނާ ރާއްޖޭގައި ހުރިކަން ފޭނުންނާ ހިއްސާ ކުރީ ފޭސްބުކްގައި ޕޯސްޓް ކުރި ފޮޓޯއަކާ އެކުގަ އެވެ.

އެ ފޮޓޯ އާ އެކު ސޮނާކްޝީ ލިޔެފައި ވަނީ "ފްރޮމް މޯލްޑިވްސް…ވިތު ލަވް ސޯނާ" އެވެ.

JHK

އޭނާ ޗުއްޓީއަކަށް ރާއްޖެ އައިކަން ފޭނުންނާ ހިއްސާ ކުރި ނަމަވެސް، އައީ ކޮން އިރަކު އަދި ޗުއްޓީ ހޭދަ ކުރަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ރާއްޖޭގައި ހޭދަ ކުރާނީ ކިތައް ދުވަސް ކަމެއް ވެސް ސޮނާކްޝީ ބުނެފައެއް ނުވެ އެވެ.

ބޮލީވުޑަށް 2010 ވަނަ އަހަރު ސަލްމާން ހާންގެ "ދަބަންގް" އިން ތައާރަފުވުމަށް ފަހު އޭނާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.

މީގެ ތެރެއިން ގިނަ ފިލްމްތައް އޭނާ ކުޅުނީ އަކްޝޭ ކުމާރާ އެކުގަ އެވެ. އޭގެ ތެރޭގައި "ރައުޑީ ރާތޯޑް"، "ހޮލިޑޭ"، "ބޮސް" ހިމެނެ އެވެ.

ސޮނާކްޝީގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ރަންވީރު ސިންގާ އެކު ކުޅުނު "ލުޓޭރާ" އާއި ޝާހިދު ކަޕޫރާ އެކު ކުޅުނު "އާރް…ރާޖްކުމާރު" އާއި އަޖޭ ދޭވްގަން އާ އެކު ކުޅުނު "ސަން އޮފް ސަރްދާރް" ހިމެނެ އެވެ.

ކުރީގެ މަޝްހޫރު އެކްޓަރު އަދި މިހާރު ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޕާލަމަންޓް މެމްބަރު ސަތުރަގަން ސިންހާގެ ހަމައެކަނި އަންހެން ދަރިފުޅު ސޮނާކްޝީގެ އެންމެ ފަހުގެ ފިލްމަކީ އަރުޖުން ކަޕޫރާ އެކު ކުޅުނު "ތޭވަރު" އެވެ.