އުރީދޫއިން މިއަހަރު ބާއްވާ ފަން ރަންގެ ހަރަކާތްތައް އިތުރަށް ފުރިހަމަ ކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޑްރޯން ރޭހެއް ބޭއްވުމަށް އުރީދޫއިން ތައްޔާރުވެއްޖެއެވެ.
މިއަންނަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ހެނދުނު ބާއްވާ މި ހަރަކާތަކީ، ފަން ރަންގް ޕްރިމިއަމް ޕާޓްނަރެއް ކަަމަށްވާ އަދި ރާއްޖޭގައި ޑީޖޭއައި އުފެއްދުންތައް ވިއްކުމުގެ އޮތޮރައިޒްޑް ސެލަރ، ސްޓެބިސިސް އާއި ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވުމާއި ގުޅޭ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ކުރިއަށް އޮތް ދުވަސްތަކުގައި އާންމު ކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.
ފުރަތަމަ ފަހަރަށް ބޭއްވޭ ޑްރޯން ރޭހާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވީ ރާއްޖެއަށް ޑްރޯން ރޭސިންގް ތަޢާރަފްކޮށް ފަން ރަންގެ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބުމަކީ ލިބޭ އުފަލެއް ކަމަށެވެ.
" ރޯން ރޭސިންގ ފަދަ ތަފާތު ކުޅިވަރުތައް ތައާރަފްކޮށް، އަޅުގަނޑުމެންގެ އަމާޒަކީ އުފެއްދުންތެރި ކަމާއި ހުނަރު ދައްކާލެވޭ މަޖާ އަދި އުފާވެރި ތަޖުރިބާތައް ފަހިކޮށްދިނުން. " ނިޔާޒް ވިދާޅުވިއެވެ.
މި ރޭހުގައި ބައިވެރިވެ ރޭސް ބަލާލުލުމުގެ ފުރުސަތު ޑްރޯން ހަރަކާތްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބިގެން ދާނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ރޭހުން އެއް ވަނައަށް ދާ ފަރާތަކަށް އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.
Excited to onboard @Stabisys as the Premium Partner for #OoredooFunRun and host the first ever Drone race in Maldives – #OoredooDroneRace! Stay tuned for more updates! #OoredooFunRun2023 pic.twitter.com/Tmtr4R3j41
— Ooredoo Maldives (@OoredooMaldives) November 5, 2023
މިރޭހުގެ އަމާޒަކަށް ވާނީ ރޭސް ޖެހުމަށް ތައްޔާރު ކުރެވިފައިވާ އޮބްސްޓެކަލް ޓްރެކް އެންމެ އަވަހަށް ނިންމުމެވެ. އެގޮތުން ތަފާތު ގިނަ ހުރަސްތަކާއި ހޫޕްސްތައް މި ޓްރެކުގައި ހިމެނޭނެއެވެ.
ސްޓެބިސިސްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ނިހާދު މިހަރަކާތާއި ގުޅޭގޮތުން ވިދާޅުވީ، މިފަދަ ހަރަކާތެއްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
" ޑީޖޭއައިގެ ޑްރޯން، ކެމެރާ ތަކާއި އެކްސެސޮރީޒް ރާއްޖެއަށް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑްރޯން ރޭހުގެ ޕާރޓްނަރަކަށްވެ، ޑްރޯން ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިފަދަ ފުރުޞަތުތައް ހުޅުވާލައި، ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކެއް އުފެއްދުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. " ނިހާދު ވިދާޅުވިއެވެ.
ސްޓެބިސިސް އަކީ މަޤުބޫލު ޑްރޯން އުފެއްދުންތަކާއި ކެމެރާތައް އުފައްދާ ޑީޖޭއައިގެ އޮތޮރައިޒް ސެލާއެވެ. އެކުންފުނިން އޮތޮރައިޒް ސެލާއެއްގެ ގޮތުގައި ރާއްޖޭގައި ޑީޖޭއައި އުފެއްދުންތައް ވިއްކަން ފެށީ 2016 ވަނަ އަހަރުއެވެ.