ޝީޝާގެ 36 ވަނަ އަހަރީ ދުވަހާއި ދިމާކޮށް "އަންތަރީސް ސަތިރީސް" ގެ ނަމުގައި ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ޝީޝާއިން ވިއްކާ ހޮންޑާ ބްރޭންޑުގެ ސައިކަލުތައް ގަންނަ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެއްކޮށް ފައިސާ ދައްކައިގެން 6000ރ. އާއި 22،000ރ. ދެމެދު ޑިސްކައުންޓު ސައިކަލުތަކުން ލިބޭނެ ކަމަށް ޝީޝާއިން ބުނެއެވެ. މީގެ އިތުރުންވެސް އިންސްޓޯލްމަންޓް އުސޫލުން ނަގާ ފަރާތްތަކަށްވެސް ލުއިފަސޭހަތަކެއް ވަނީ ދީފައެވެ.
މިގޮތުން އިންސްޓޯލްމަންޓަށް ސައިކަލު ނަގާ ކަސްޓަމަރުންނަށް އެންމެ ކަމުދާ "ޒިރޯ ފައިނޭންސް" ޗާރޖް ޕެކޭޖު ވެސް މި ޕްރޮމޯޝަންގެ ދަށުން އެކްޓިވޭޓް ކުރެވޭނެ ކަމަށް ޝީޝާއިން ބުނެއެވެ. މި ޕްލޭންގެ ދަށުން ދެބައިކުޅަ އެއްބައި ޑައުން ޕޭމަންޓް ދައްކައިގެން ބަކީ އޮތްބައި އެއްވެސް ފައިނޭންސް ޗާޖަކާއި ނުލާ ފައިސާ ދެއްކޭ ގޮތަށް ހަމަޖެހޭނެއެވެ.
މި ޕެކޭޖް ތެރެއިން ސްކޫޕީ ކްލަބް12 އަދި ސްކޫޕީ ޕްރެސްޓިޖް، %50 ޑައުން ޕޭމަންޓް ދައްކާލުމަށް ފަހު، 12 މަސް ދުވަހައް އެއްވެސް ފައިނޭންސް ޗާރަޖްއަކާ ނުލާ ޕޭމެންޓް ޕްލޭން ބަހާލެވޭނެއެވެ. އަދި މީގެ އިތުރުން އެއާ ބްލޭޑް 125 – ބްލެކް އެޑިޝަން އަދި ޕީސީއެކްސް 160 2021 މޮޑެލްއަށް، %50 ޑައުން ޕޭމަންޓް ދެއްކުމައް ފަހު، 6 މަސް ދުވަހައް އެއްވެސް ފައިނޭންސް ޗާޖަކާއި ނުލާ ޕޭމަންޓް ބަހާލެވޭނެ ގޮތަށް ޝީޝާއިން ވަނީ ހަމަޖައްސާފައެވެ.
ޝީޝާއިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު، އެކުންފުނީގެ ވެބްސައިޓު އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ޝޯވް ރޫމްތަކުން ލިބިވަޑައިގަންނަވާނެއެވެ.
ޝީޝާގެ ޝޯވް ރޫމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވިފައިވާއިރު، ހޮންޑާ ބްރޭންޑުގެ އެންމެ ފަހުގެ މޮޑެލްތަކުގެ ސައިކަލުތައް ލިބޭނެއެވެ. މީގެ ތެރެއިން މަޤުބޫލް 13 މޮޑެލްއެއް މިހާރުވެސް އެކުންފުނިން ދަނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.
ޝީޝާ ކުންފުނި ވުޖޫދުވީ 1987 ވަނަ އަހަރުއެވެ. މިއަދު ދިވެހިރާއްޖެގެ އޮޓޯމޮބީލް އިންޑަސްޓްރީގައި އެންމެ އިތުބާރު ކުރެވޭ އަދި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލު ވިއްކަމުން އަންނަ މި ކުންފުންޏަކީ ރާއްޖޭގައި ހޮންޑާގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓާރވެސް މެއެވެ.