Last Updated: November 29, 10:25
Friday, November 29, 2024
ޚަބަރު

ފޭދޫ ސްކޫލުން ބެޖް ވިއްކައިގެން 112،000ރ.

ފަލަސްތީނަށް އެހީވާން ށ. ފޭދޫ ސްކޫލުން ބެޖް ވިއްކައިގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ބެލެނިވެރިން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ބެޖް ވިއްކައިގެން ޖުޖްލަ 112،530.42ރ. ހޯދާފައިވެ އެވެ. މިއީ ފަލަސްޠީނަށް އެހީވުމަށް ކުރިއަށް ގެންދާ "މަދަދު" ޕްރޮގްރާމުގެ ތެރެއިން ހޯދި ފައިސާ އެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ވިއްކައިގެން ލިބުނު ފައިސާގެ ތެރޭގައި ހިމެނެނީ ނަގުދު ފައިސާ އިން ލިބުނު 26،915ރ. ގެ އިތުރުން ޓްރާންސްފާފެ ގޮތުގައި ލިބުނު 85،600ރ. އެވެ. ފައިސާ އެއްކުރަން ބެޖް ވިއްކި އިރު ކޮންމެ ދަރިވަރަކާއި މުވައްޒަފަކާ ސްކޫލްގެ މެނޭޖްމަންޓުން ހަވާލުކުރީ 10 ބެޖެވެ. އަދި ބެޖެއް ވިއްކީ އެންމެ ދަށްވެގެން 10ރ. އަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ފެންވަރުގައި އަންނަނީ ފަލަސްތީނަށް އެހީވާން ފަންޑް އެއްކުރަން ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.