އިޒްރޭލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހަޅުއްވާފައި އޮތް ގަރާރުގެ މަސައްކަތް ވެސް ކުރިއަށް ނުދާތީ އޭނަ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 11 ގަ އެވެ.
ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައި އޮތް މައްސަލާގައި ގޮތެއް ނުނިމި މަޖިލިސް އޮތީ ހުއްޓުމަށް އައިސްފަ އެވެ. އެހެންވެ އެ މައްސަލަ ކޮޅެއްގައި ނުޖެހުމުން މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް… pic.twitter.com/N4cY7TT0lr
— Saud Hussain (@SaudVillingili) October 12, 2023
މި ސަބަބާ ހުރެ މަޖިލީުގެ މަސައްކަތްތައް ހުއްޓި، މުހިއްމު މަސައްކަތްތައް ވެސް ކުރިއަށް ގެންދަން ހުރަސް އެޅިފައިވާތީ ކަންބޮޑުންވުން ފާޅުކުރައްވައި ސައުދު ވިދާޅުވީ މިއީ ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ އެތައް މަސައްކަތެއް އޮތީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ.
Majlis gawaaidh hithu huri gothakah maanakoh Majlis huttuvaafa othumuge sababun palestine rayyithunge hagguthah dhifau kurumah dhivehi raajjeyge rayyithunge majlis in bahus koh faaskuran jehey Qaraaruge masakkai ves mivanee huttifa. Mi ee nuhanu kanboduvaa kameh. Rayyithunge…
— Saud Hussain (@SaudVillingili) November 7, 2023
"މަޖިލިސް ގަވާއިދުގައި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ ގޮތެއް ވެސް ނެތް، މަޖިލިސް ކުރިއަށް ގެންދެވޭނެ،" ސައުދު ވިދާޅުވި އެވެ. "އަދި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވާ ފަރަތްތަކަށް ފިޔަވަޅު އަޅަން ޖެހޭ."
ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ހަފުތާގައި އޭގެ އަޑުއެހުންތައް، އަޑުއެހުންތައް މިހާރު އޮތީ ނިންމައިފަ އެވެ.
އިޒްރޭލާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރުގައި އިސްރާއީލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލުގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމުގެ އިތުރުން އިޒްރޭލާއި ރާއްޖެ އާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް ގޮވާލާފައިވެ އެވެ. އިޒްރޭލުން
އިސްރާއީލުން ހިފަމުންގެންދާ ފަލަސްތީނުގެ ހުރިހާ ބިންތަކަކުން އެ މީހުން ފައިބައި، މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރެވެން ދެން އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ގަރާރުގައި ގޮވާފައިއެވެ.