ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެގޮތުން އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ މެންދުރު 01:00 އިން އިރުއޮށްސި 06:00 އާ ހަމައަށެވެ.
އެލާޓް ނެރުމަށްފަހު މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު މޫސުން ގޯސްކޮށް އުޅޭތީ މެޓް އޮފީހުން މޫސުމާ ބެހޭ އެލާޓްތައް ނެރެއެވެ.