Last Updated: November 28, 12:48
Thursday, November 28, 2024
ޚަބަރު

ހުވާކުރަން ހަފުތާއެއް؛ ރައީސް މުލިއާގެ ދޫކޮށްލައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސާލީހް އަދި އަނބިކަންބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މުލިއާގެއިން ނިކުމެވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން މުލިއާގެން ނިކުމެވަޑައިގަތީ، ރިޔާސީ ދައުރުގައި ބާކީ 7 ދުވަސް އޮވެއެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު 17 ވަނަ ދުވަހު ހުވާ ކުރައްވާނެއެވެ.

އެމަނިކުފާނު މުލިއާގެއަށް ރަސްމީކޮށް ބަދަލުވެ ވަޑައިގަތީ، 2018 ވަނަ އަހަރު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މީގެ ކުރިން ރިޔާސީ ދައުރުތަކުގައި، ރައީސް ނަޝީދު ދިރުއުޅުއްވާފައިވަނީ މުލިއާގޭގައެެވެ. ނަމަވެސް ރައީސް ޔާމީން މުލިއާގޭގައި ދިރިއުޅުއްވާފައި ނުވެއެވެ. އޭރު އެމަނިކުފާނު މުލިއާގެ ބޭނުން ކުރެއްވީ ސިޔާސީ މަސައްކަތަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިޙްގެ ދެކަނބަލުން ބަދަލުވެވަޑައިގެންފައިވަނީ، މ. ސާނީ އިން އަށެވެ. އެއީ ފަސްޓް ލޭޑީ ފަޒްނާގެ އާއިލީ ބޭފުޅުން ދިރިއުޅުއްވަމުންދާ ގެއެކެވެ.