ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ލޮކްވެފައިވާ ކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ފޮނުވާމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށް ބުނެފައިވަނީ، އެކައުންޓް ލޮކް ވެފައިވާ ކަމަށް ބުނެ ލިންކަކާއި އެކު މެސެޖެއް ފޮނުވަމުންދާ ކަމަށެވެ. އަދި މި ލިންކަށް ސަމާލުވެ ނުވަނުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
ސްކޭމް އެލަރޓް:
އެކައުންޓް ލޮކްވެފައިވާކަމަށްބުނެ ލިންކަކާއެކު ފޮނުވަމުންދާ މެސެޖަށް ސަމާލުވެލައްވާ! މެސެޖްގައިވާ ލިންކަށް ނުވަންނަވާ! pic.twitter.com/d4KvvbdYMi— Maldives Police (@PoliceMv) November 12, 2023
މެސެޖުގައި ފޮނުވަމުންދަނީ ބޭންކް އޮފް މޯލްޑިވްސް ނަމުގައެވެ. މެސެޖުގައި ހިމެނޭ ލިންކަކީ ބޭންކުގެ އިންޓަނެޓް ބޭންކިންގް ލިންކާއި ވައްތަރުކޮށް ލިޔެފައިވާ މަކަރާތް ހިލާތުން މައުލޫމާތު ދަމައިގަތުމަށް ހަދާފައިވާ ލިންކެކެވެ. އެއަށް ވަދެ ލިޔާ މައުލޫމާތުން އޭނާގެ އެކައުންޓު މައުލޫމާތު ދަމައިގަންނާނެއެވެ.
މިފަހަކަށް އައިސް އެކި ނަންނަމުގައި އެކި ގޮތްގޮތަށް ގޮތް ނޭންގޭ އެތަކެއް ލިންކުތަކެއް މެސެޖުތަކެއް ގޮތުގައި ދަނީ ފޮނުވަމުންނެވެ. މިކަމާއި ގުޅިގެން ކަމާއި ގުޅޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެނީ މެސެޖުގައިވާ ލިންކަކަށް ނުފިތުމަަށެވެ. އަދި އެއްވެސް އިދާރާއަކުން ލިންކެއް ހިމަނައި މެސެޖެއް ނުކުރާނެ ކަމަށް އިދާރާތަކުން ބުނެއެވެ.