Last Updated: December 22, 11:14
Sunday, December 22, 2024
ޚަބަރު

ނަޝީދާ ގުޅޭ އިތުރު ޖަލްސާއެއް ހަވީރު

މަޖިލިސް ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.

އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ހަވީރު 04:00 ގައެވެ. އެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

ރައިސް ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު 11:00 ގައި ބޭއްވި ޖަލްސާގައިވެސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް 02:30 ވީއިރުވެސް ޖަލްސާ ކުރިއަށް ނުގެންދެވުމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

ރައީސް ނަޝީދުގެ މައްސަލަ މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށް އެޖަލްސާ ކުރިއަށް ނުގެންދެވުނީ އެމްޑީޕީގެ މެންބަރުންނާއި ޑިމޮކްރެޓްސްގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ހަޅޭލަވާ ހެދުމުންނެވެ.