Last Updated: September 19, 20:48
Thursday, September 19, 2024
ޚަބަރު

ވެލި މަގުތައް ލެވެލް ކުރަން ފަަށައިފި

އައްޑޫގެ އަވަށްތަކުގެ ވެލި މަގުތައް ލެވެލް ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭަޝަން (އެމްއާރްޑީސީ) އިން ފަށައިފި އެވެ.

އެގޮތުން މިއަދު ވަނީ ފޭދޫގެ ބައެއް މަގުތަކުގެ މަސައްކަތްކޮށްފަ އެވެ. އަވަށްތަކުގެ ވެލި މަގުތައް ލެވެލް ކުރުމުގެ މަސައްކަތް ފަށާފައި މި ވަނީ އެ މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކަކަށް ފަހު އެވެ.

މަގުތަކުގެ ހާލަތު ދަށްވެގެން ބައެއް އަވަސްތަކުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.

އަދި ހިތަދޫގެ ޓެކްސީ ޑްރައިވަރުންތަކެއް ވަނީ މަގުތައް ނެހެދި ލަސްވާތީ އެކަމާ ދެކޮޅަށް އިހުތިޖާޖު ވެސް ކޮށްފަ އެވެ.

އެމްއާރްޑީސީން ބުނީ އައްޑޫގެ އަވަށްތަކުގެ 50 ވެލި މަގެއް މަރާމާތު ކުރަން އައްޑޫ ސިޓީ ކައުންސިލުން އެ ކުންފުނީގައި އެދިފައިވާ ކަމަށެވެ.