Last Updated: November 30, 11:39
Saturday, November 30, 2024
ޚަބަރު

ނައިބު ރައީސް ހިލާލީގެ ދޫކޮށްލައްވައިފި

މާދަމާ ދައުރު ހަމަވާތީ ނައިބު ރައީސް ފައިސަލް ނަސީމު ހިލާލީގެއިން ނުކުމެވަޑައިގެންފި އެވެ.

އެ ގެ އަކީ ވެރިކަމުގެ ދައުރުގައި ނައިބު ރައީސް ދިރިއުޅުއްވަން ހާއްސަ ގެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޮވެމްބަރު 17، 2018 ގައި ވެރިކަމުގެ ހުވާކުރެއްވިތާ ދެ މަހެއްހާ ދުވަސް ފަހުން، ނައިބު ރައީސް ފައިސަލް ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ ޖެނުއަރީ 7، 2019 ގަ އެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު މާދަމާ ހަމަވާތީ ފައިސަލް ހިލާލީގެ ދޫކޮށްލެއްވީ ބުދަ ދުވަހު ހަވީރު އެވެ.

ރައީސް ސޯލިހު ދިރިއުޅުއްވަމުން ގެންދެވި މުލިއާގެއިން އެ މަނިކުފާނު ވަނީ މިދިޔަ ހަފުތާގައި ނުކުމެވަޑައިގެންފަ އެވެ. މުލިއާގެއަށް ރައީސް ބަދަލުވެވަޑައިގެންނެވީ ނޮވެމްބަރު 30، 2018 ގަ އެވެ.

މާދަމާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވާނެ އެވެ. އެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާންގަ އެވެ. އާ ސަރުކާރުގެ ނައިބު ރައީސަކީ ހުސައިން މުހައްމަދު ލަތީފު (ސެމްބެ) އެވެ.