އެންވަޔަރަމަންޓް މިނިސްޓްރީގެ "ވެށި ސްމޯލް ގްރާންޓް" ޕްރޮގްރާމުގެ ދަށުން، އެހީ ލިބުނު ހަތް ފަރާތަކާ ލިޔުން ހަވާލުކޮށްފި އެވެ.
އިއްޔެ ބޭއްވި ހަފުލާއެއްގައި ލިޔުންތައް ހަވާލުކޮށް ދެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ.
"ވެށި ސްމޯލް ގްރާންޓް" އަށް ހުޅުވައިލުމުން އެދި 43 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ. އޭގެތެރޭގައި އެކި ރަށްތަކުގެ ކައުންސިލުތަކާއި އަދި ޖަމިއްޔާތައް ހިމެނެ އެވެ.
އެހީ ލިބުނު ފަރާތްތައް:
* ހދ. ވައިކަރަދޫ ކައުންސިލުން ހުށަހެޅި ޕްރޮޖެކްޓް "ވައިތާޒާ"
* ހުޅުދުއްފާރު ޒުވާނުންގެ ރޫހުގެ "ރިނިއުވަލް"
* ޒީރޯ ވޭސްޓް މޯލްޑިވްސްގެ "ސަސްޓެއިނަބަލް ވޯޓަރ އަލްޓަނޭޓިވްސް ޕްރޮގްރާމް" ނުވަތަ ސްވެޕް
* ދަ ސްމޯލް އައިލެންޑް ކޮންސާވެންސީގެ "ތޮއްޑޫ އެގްރޯސޭފް"
* އެފްސީ ފްރިގޭޓާގެ "އީ-ވޭސްޓް ކެއާ"
* އއ. މާޅޮހު ކައުންސިލުގެ "މަލަ ނަލަ މާޅޮސް"
* މޯލްޑިވްސް ފެޓްލޭންޑް ފައުންޑޭޝަންގެ "ސޭފް ގާޑިން ޓުމޯރޯ"
"ވެށި" ސްމޯލް ގްރާންޓް" އަކީ ނުރައްކާތެރި ކުނި އަދި ކެމިކަލް މެނޭޖްކުރުމަށް ހާއްސަކޮށްފައިވާ އެހީއެކެވެ.