Last Updated: November 30, 11:39
Saturday, November 30, 2024
ޚަބަރު

ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ ހއ. ދިއްދޫ، ޕެލަސް، އިބްރާހީމް ޝަފީގު، 40، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ ވަނަ ދުވަހުގެ ހެނދުނު 11:15 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެހެންވެ ޝަފީގުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރަން އެދިފައިވެ އެވެ.