ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރަން އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެންބަރުންނަށް ފުރުޞަތު ހުޅުވާލައިފިއެވެ.
އެ އިންތިހާބު ބާއްވާނީ މި މަހުގެ 23 ގަ އެވެ. އެހެންވެ ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 18 އާ ހަމައަށެވެ.
ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ އިންތިޚާބަށް ހުޅުވާލުންhttps://t.co/kSi430Pvos
— MDP Secretariat (@MDPSecretariat) November 16, 2023
މަޖިލީހިގެ މެޖޯރީޓީ ޕާޓީގެ ޕީޖީ ލީޑަރު އިންތިހާބު ކުރަން ނިންމި ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މިދިިޔަ ހޯމަ ދުވަހު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެންނެވެ. އޭނަ މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވީ އެ މަގާމުގައި ހުންނެވި މުޙައްމަދު ނަޝީދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.