ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 6:15 އިން ފެށިގެން 11:00 އާ ހަމަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ދުވަސްވަރެކެވެ.